ހޮންގްކޮންގް އެއާލައިނުން ރާއްޖެއަށް ސީދާ ދަތުރުތައް މިއަދު ފަށައިފިއެވެ.

އެގޮތުން މިރޭ 07:35 ގައި އެ އެއާލައިންގެ ފުރަތަމަ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާނެ އެވެ.

ހޮންގްކޮންގް އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފަށަނީ އެއާބަސް އޭ330 މަރުކާގެ ބޯޓުގަ އެވެ. މި ބޯޓުތަކުން ފަހަރަކު 250 އެއްހާ ފަސެންޖަރުން އުފުލާނެ އެވެ.

އެ ދަތުރުތައް ފަށާއިރު ހަފްތާއަކު ތިން ދަތުރު ރާއްޖެއަށް ބާއްވާނެ އެވެ،

ރާއްޖޭގެ ފަތުރުވެރިކަމުގެ އެއް ނަންބަރު މާކެޓްގެ ގޮތުގައި ޗައިނާގެ މާކެޓް ހެދުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މަސައްކަތް ފައްޓަވައިފަ އެވެ. އަދި ޗާޓަރު ދަތުރުތަކެއް ވެސް ޗައިނާއިން ފަށަން ވަނީ ނިންމައިފަ އެވެ.

މިމަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެވުމަށްފަހު ވިދާޅުވީ، ޗައިނާއިން ރާއްޖެއަށް ފަތުރުވެރިން އިތުރުކުރުމަށް ކާމިޔާބު މަޝްވަރާތަކެއް ކުރެވުނުކަމަށާއި އަދި ޗައިނާއިން ރާއްޖެއަށް އިތުރު ފްލައިޓްތައް ގެނައުމަށްވެސް މަޝްވަރާ ކުރެވުނުކަމަށެވެ. އެގޮތުން ސަރުކާރުގެ އަމާޒަކީ ކޯވިޑްގެ ކުރިން ރާއްޖެއަށް ޗައިނާއިން ފަތުރުވެރިން އައި އަދަދު ދެގުނައަށް އިތުރު ކުރުން ކަމުގައި ރައީސް ޑރ މުއިއްޒު ވިދާޅުވެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން