ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ ތުހުމަތުގައި ހައްުޔަރުކުރި ޒުވާން ދެމަފިރިންގެ ބަންދަށް އިތުރު 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފި އެވެ،

އެ މައްސަލައިގައި ހައްޔަރުކުރީ މާލެއަށް ނިސްބަތްވާ ފިރިހެނަކާއި ހދ. ނެއްލައިދޫއަށް ނިސްބަތްވާ އޭނާގެ އަންހެނުން ނެވެ. އެ ދެމަފިރިންނަކީ ވެސް 30 އަހަރުން ދަށުގެ ދެ މީހުން ނެވެ.

ކްރިމިނަލް ކޯޓުން ނެރުނު އަމަރުގައި ބުނެފައިވާ ގޮތުން މަސްތުވާތަކެތި ފެނުނީ އެ މީހުންގެ ލަގެޖުން ނެވެ. ނަމަވެސް އޭގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

އަދި އެ މީހުންގެ ކުޑަކަމުދާ ތަކެތި މަސްތުވާތަކެތީގެ ތިން ބާވަތަކަށް ޕޮޒިޓިވްވެސް ވިއެވެ.

އެހެންވެ އެ ދެމަފިރިން 15 ދުވަހަށް ބަންދުގެ މުއްދަތު ޖެހީ މި މަހުގެ ކުރީ ކޮޅު އެވެ. އަދި އެ މުއްދަތު ހަމަވުމުން މިހާރު ކޯޓުން ވަނީ އިތުރު 15 ދުވަސް ބަންދަށް ޖަހައިފަ އެވެ.

މަސްތުވާތަކެތު ފެނުނު ނަމަވެސް އެއީ ބަޔަކުގެ އެދުމަށް ގެނައި ލަގެޖެއް ކަމަށް ވެސް ދެމަފިރިން ބުނާ ކަމަށާއި އެހެން ކަމުން އެކަމުގައި އެހެން ބައެއްގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމަށް ވެސް ކްރިމިނިލް ކޯޓުގެ އަމުރުގައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން