މާފުށީ ޖަލުގެ ގައިދީންނަށް ހާއްސަކޮށްގެން ދިވެހި ކަސަބު ގެތުމާއިބެހޭ ވޯކްޝޮޕެއް ފަށައިފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން މިއަދު ބުނީ، މިއީ، ކަރެކްޝަންސްގެ ފަރާތުން މާފުށީ ޖަލުގައި މިއަހަރުތެރޭ ގާއިމްކުރުމަށް ނިންމާފައިވާ ކަލްޗަރަލް ސެންޓަރުގައި ދިވެހި ސަގާފީ މަސައްކަތްތައް ދައްކާލުމަށާއި، މިމަސައްކަތްތައް އާލާކޮށް ދިރުވާ، ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ގައިދީންނަށް މަސައްކަތްތައް ދަސްކޮށްދިނުގެ މަޝްރޫއުގެ ތެރެއިން ފަށާފައިވާ މަސައްކަތެއް ކަމަށެވެ.

ކަސަބު ގެތުން ތައާރަފްކޮށްދޭ މި ވޯކްޝޮޕްގައި ބައިވެރިވެފައިވަނީ ފަސް އަންހެން އޮފިސަރުންނާއި ތިން ފިރިހެން އޮފިސަރުންނެވެ. މި ވޯކްޝޮޕަށްފަހު، ބައިވެރިވި އޮފިސަރުން 14 ދުވަހުގެ ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރާނެއެވެ. އަދި ކަސަބު ގެތުން ދަސްކުރުމަށްފަހު، އެ އޮފިސަރުން މެދުވެރިކޮށް ގައިދީންނަށް މި މަސައްކަތް ދަސްކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިފަދަ ޕްރޮގްރާމް ތަކަކީ ގައިދީން ޖަލުގައި ހޭދަ ކުރާ ދުވަސްތަކުގައި ފައިދާކުރުވަނިވި ދުވަސްތަކެއްކަމުގައި ހެދުމަށާއި، ކުށްކުރުމުން ދުރުހެލިކޮށް، ރަނގަޅު ފަރުދުންގެ ގޮތުގައި އަނބުރާ މުޖުތަމައުއަށް ނިކުމެ އާމްދަނީ ހޯދުމަށް ކުރާނެ މަސައްކަތެއް ދަސްކޮށްދިނުން ކަމަށް ކަރެކްޝަނުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން