ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ފެންނަމުންދަނީ، ވަކާލާތު ކުރި ކަންކަން ފުރިހަމަ ކޮށްދެމުން ދާތަންކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

ނިހާދު މިހެން ވިދާޅުވީ، ލޯކަލް ކައުންސިލްތަކުގެ އިހުތިސާސްގައި ނުހިމެނޭ ފަޅުރަށްތައް ވެސް ކައުންސިލްތަކުން ބޭނުންވާނަމަ ހޯދޭގޮތަށް ސަރުކާރުން ހަމަޖެއްސުމާއި ގުޅިގެން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ނިހާދު ވަނީ، އާމްދަނީ ހޯދުމަށް މަސައްކަތް ކުރުމަށް ކައުންސިލްތަކަށް އިތުރު ފުރުސަތުތަކެއް ފަހިކޮށްދެއްވީތީ ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ޝުކުރު އަދާކުރައްވާފައެވެ.

ނިހާދު ވިދާޅުވީ ފެންނަމުންދަނީ ވަކާލާތު ކުރެވުނު އެތައްކަމެއްގެ ނަތީޖާ، އަދުގެ ސަރުކާރުން ފަހިކޮށްދެމުން ދާތަން ކަމަށެވެ.

ނިހާދު މިފަދައިން ވިދާޅުވިއިރު، ސަރުކާރުންވަނީ ކައުންސިލްތަކުން ހުށަހަޅާ ޕްރޮޕޯސަލްތަކަށް ބަލައި ފަޅުރަށްތައް ކައުންސިލްތަކަށް ދޫކުރާނެ ގަވާއިދެއް އެކުލަވާލާ އިއްޔެ އާންމު ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން