މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް މިދިޔަ އަހަރު 89.5 މިލިއަން ރުފިޔާ ލިބިފައިވާކަމަށް މީރާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މުދަލު ޒަކާތް މީގެކުރިން އިސްލާމިކް މިނިސްޓްރީއަށް ދައްކަމުންއައި ނަމަވެސް، 2016 ވަނަ އަހަރުން ފެށިގެން މުދަލު ޒަކާތް ބަލައިގަންނަނީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާއަށެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު މުދަލު ޒަކާތުގެގޮތުގައި 89.5 މިލިއަން ރުފިޔާ ލިބިފައިވާއިރު، އޭގެކުރީ އަހަރު މުދަލު ޒަކާތުގެގޮތުގައި ލިބިފައިވަނީ 92.69 މިލިއަން ރުފިޔާއެވެ.
މިދިޔަ އަހަރު އެންމެ ގިނަ އަދަދަކަށް ޒަކާތް ދައްކާފައިވަނީ އޭޕްރިލްމަހު އެވެ. އެމަހު ޒަކާރުގެ ގޮތުގައި 22.3 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ.
11 ޖެނުއަރީ 2024 އިން ފެށިގެން ރާއްޖޭގައި މުދަލު ޒަކާތް ވާޖިބުވާ ނިޞާބަކީ 7140 ރުފިޔާ ކަމަށް ޒަކާތު ހައުސް އިން ވަނީ ކަނޑައަޅާފައެވެ.
ޒަކާތް ނެރުން ވާޖިބުވާނީ ފަސް ބާވަތެއްގެ މުދަލުންނެވެ. އެއީ ރަނާއި ރިއްސާއި ފައިސާއާއި، ބިމުން ނެގޭ މަޢުދަންތަކާއި ރިކާޒާއި، ވިޔަފާރި މުދަލާއި، ގޮވާމާއި މޭވާގެތެރޭގައި ހިމެނޭ ގިނަ ދުވަހު ހަލާކުނުވެ ހުންނަ ތަކެއްޗާއި، ގެރި، ބަކަރިއާއި ޖަމަލެވެ.
މުދަލު ޒަކާތުގެ ނިޞާބު ހަމަވާ ފަރާތްތަކުން މިލްކިއްޔާތުގައި ހުރި މުދަލާއި ފައިސާއިން 2.5 އިންސައްތަ މުދަލު ޒަކާތުގެ ގޮތުގައި ނެރުން ވާޖިބުވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު