އައްޑޫ ސިޓީ މަރަދޫ ފޭދޫ ގުޅުވައިދޭ ކޯޒްވޭ
އައްޑޫ ސިޓީ މަރަދޫ ފޭދޫ ގުޅުވައިދޭ ކޯޒްވޭ
އައްޑޫ ސިޓީ މަރަދޫ ފޭދޫ ގުޅުވައިދޭ ކޯޒްވޭގައި ބެރިކޭޑް ޖަހައި ބަންދުކޮށްފައި އޮތުމުން އާންމުންގެ ޝަކުވާ ބޮޑުވެއްޖެއެވެ.

އައްޑޫ ސިޓީ މަރަދޫ ފޭދޫ ގުޅުވައިދޭ ކޯޒްވޭ ބެރިކޭޑް ޖަހައި ބަންދުކޮށްފައި އޮންނަތާ ތިން މަހެއްހާ ދުވަސް ވަނީ ވެފައެވެ. މަރަދޫ ފޭދޫ ގުޅުވައިދޭ ކޯޒްވޭ ބެރިކޭޑް ޖަހައި ބަންދުކޮށްފައި އޮތްނަމަވެސް ދުވާލު ވަގުތުތަކުގައި އެއް ބެރިކޭޑް ނަގައި ފުލުހުން މަގު ހުޅުވާލައެވެ. އެހެން ނަމަވެސް ކާރު ފަދަ ބޮޑެތި އުޅަނދު ތަކަށް އެމަގުން ދަތުރު ކުރުމުގައި ތަކުލީފުތަކެއް އުފުލަން ޖެހޭކަމަށާއި ކާރަށް އެމަގުން ދަތުރުކުރެވެނީ މަގުގެ ޕޭމަންޓް މަތިންނެވެ.

މީގެ ސބަބުން ކާރާއި އެފަދަ ބޮދެތި އުޅަނދު ފަހަރަށް ގެއްލުން ލިބޭ ކަމުގެ ޝަކުވާ އާންމުން ދަނީ ކުރަމުންނެވެ. އައްޑޫ އިން ވާހަކަ ދެއްކި މީހަކު ބުނީ، ރޭގަނޑު ކޯޒްވޭ އޮންނަނީ ބަންދުކޮށްފައި ކަމަށާއި، ދުވާލު ވަގުތުތަކުގައި މަގު ހުޅުވާލި ނަމަވެސް އެއްފަޅީގައި ބެރިކޭޑް ޖަހާފައި ހުރުމުން އެމަގުން ދުއްވާ އެއްޗެހި ދުއްވުމަށް ބޮޑެތި ތަކުލީފް ތަކެއް އުފުލަންޖެހިފައިވާ ކަމަށެވެ.

އެމީހާ ބުނިގޮތުގައި މަރަދޫފޭދޫ އާވީކޮޅުން ފޭދޫއަށް ދެވެން ދެމަގެއް އޮވެއެވެ. އެއީ މަރަދޫފޭދޫޢާިފޭދޫ ގުޅުނު ކޯޒްވޭ އާއި ލިންޖްރޯޑެވެ. އެގޮތުން ފޭދޫގެ ރަށުތެތެއަށް ދަތުރުކުރާ ހުރިހާއެންމެންވެސް އާއްމުކޮށް ދަތުރުކޮށް އުޅެނީ ކޮޒްވޭފަޅިންނެވެ. ލިންކްރޯޑާވީ ފަޅިން ދަތުރު ކުރަނީ ގަމަށް ނޫނީ ފޭދޫގެ ބަނދަރު ސަރަޚަދަށް ނޫނީ ލިންކްރޯޑާވީފަޅިއަށް ދަތުރުކުރާނަމައެވެ.

"އެސަރަޚައްދުގައި ލިންކްރޯޑާވީ ފަޅީގައި ފުލުހުންގެ ޗެކްޕޯސްޓެއް ވެސް ގާއިމްކޮށްފަވޭ. ރޭގަނޑު ކޯޒްވޭފަޅި އޮންނަނީ ބަންދުކޮށްފަ. އެގޮތަށް ފޭދޫގެ ރަށުތެރެއަށް ދަތުރުކުރާ މަގު ބަންދުކޮށްފައި އޮތުމުން އުޅަނދުތައް ލިންކް ރޯޑްފަޅިން ޗެކްވެގެން، ދެން އެބަޔަކު ރަށުތެރެއަށް ދާންބޭނުން ނަމަ މިޖެހެނީ ލިންކުރޯޑުން ދުވާރުމައްޗަށް އަރައި ކޯޒްވޭއާވީ މަގަށް އަރަން" މައުލޫމާތު ދިން މީހާ ކިޔައިދިނެވެ.

އައްޑޫ ސިޓީ މަރަދޫ ފޭދޫ ގުޅުވައިދޭ ކޯޒްވޭގައި ބެރިކޭޑް ޖަހައި ބަންދުކޮށްފައި އޮތުމުން އާންމުންގެ ޝަކުވާ ބޮޑުވެފައިވާއިރު މިކަމާ ގުޅިގެން އައްޑޫ ސިޓީކައުންސިލުން ވެސް ފުލުހުން ވެސް ވަކިއެއްޗެއް ބުނެފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު


-6

ޤައުމީ ވިންދު

30-Jul-2020

ކަލޭމެން ލޮލުންބޮލުން އެދިގެން ގެނައި ސަރުކާރެއް. ދެން ކޮން ޝަކުވާއެއް. ހަމަގައިމު ވެސް ބުނި އެއްވެސް ކަމެއް ކޮށް ނުދިނަސް އެމްޑިޕީ ވެރިކަމުގައި އޮވެއްޖިއްޔާ އެ ނިމުނީއްޔާ. ދެން ހިތާދޫގެ ބޯދު ބައެއް, ރާއްޖޭގެ ޤާނޫނު ނުހިނގާ ގޮތަށް އިންޑިއާއަށް ދީގެން އެ އުޅެނީ ރައްޔިތުންނަށް ހައްގުވާ މިންވަރު ހޯދައިދޭކަށްނު. ޝަކުވާ ނުކޮށް ޝުކުރުކޮށްބަލަ! އެޖެންޑާ19 ތަފާތުވާނެ.



ޓްރެންޑިން