ރާއްޖޭގެ އެކި ހިސާބު ތަކުން ސިއްހީ ކުއްލި ހާލަތްތަކުގައި މާލެ ގެނައުމަށް ކުރާ މެޑިކަލް އިވެކުއޭޝަންތަކުގައި ބޭނުންކުރަނީ މޯލްޑިވިއަން ފްލައިޓްތައް ކަމަށް އާސަންދައިން ބުނެފިއެވެ.

އާސަންދަ ކުންފުނިން ބުނީ އާސަންދަ އިންޝިއުރަންސްގެ ދަށުން ކުރިއަށްގެންދާ މިފަދަ މެޑިކަލް އިވެކުއޭޝަންތަކުގައި މިހާތަނަށް ގިނައިން ބޭނުންކުރެވިފައި ހުންނާނީވެސް މޯލްޑިވިއަން ފްލައިޓްތައް ކަމަށެވެ.

އާސަންދައިން މިހެން ހާމަކޮށްފައިވަނީ މާލެ ގެނައުން ލަސްވެ, ހާލު ސީރިއަސްވި ބަލިމީހަކު ނިޔާވި ކަމަށް ބުނެ މީސްމީޑިއާގައި ސަރުކާރަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ. އެމީހުން ބުނާގޮތުން މިހާދިސާގައި ބަލި ކުޑަކުއްޖަކު ނިޔާވީ އިންޑިއާގެ ޑޯނިއަރ ބޯޓު މި ސަރުކާރުން ބޭނުން ނުކުރަން ހަދައިގެންނެވެ.

ރާއްޖޭގެ ތާރީޚުގައިވެސް އިންޑިއާއިން ހަދިޔާކޮށްފައިވާ ޑޯނިއާ އެއަރކްރާފްޓްތައް އާސަންދަ މެދުވެރިކޮށް ބޭނުންކޮށްފައިވަނީ މަދުފަހަރެއްގައިކަން ތަފާސް ހިސާބުން ހާމަވެއެވެ.

ނަމަވެސް އެމްއެންޑީއެފުން ހަރަކާތްތެރިވާ މެޑިކަލް އިވެކުއޭޝަންތަކުގައި ބަލިމީހުން އުފުލުމަށް އިންޑިއާއިން ހަދިޔާކޮށްފައިވާ ޑޯނިއަރ އެއަރކްރާފްޓް އަދި ހެލިކޮޕްޓަރވެސް ބޭނުންކުރެއެވެ. އިންޑިއާއިން ހަދިޔާ ކޮށްފައިވާ ޑޯނިއާ އާއި ހެލިކޮޕްޓަރު ބޭނުން ކުރުން ހުއްޓާލި ކަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް ތަފާސް ހިސާބަށް ބަލާއިރު، ހުސްވި އަހަރު އެކަނިވެސް އެމްއެންޑީއެފުން ޑޯނިއަރ އެއަރކްރާފްޓް އަދި ހެލިކޮޕްޓަރ ބޭނުންކޮށްގެން 137 މެޑިކަލް އިވެކުއޭޝަން ކޮށްފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްއެންޑީއެފުން މެޑިކަލް އިވެލުއޭޝަންގައި ހަރަކާތްތެރިވަނީ ހާލަތު ދެނެގަތުމަށްފަހު އާސަންދައިން ކުރާ ރިކުއެސްޓްތަކަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން