ހުޅުމާލެއާއި ދިމާ ބޭރުގައި އޮންނަ ޑައިވިންގ ޕޮއިންޓަކަށް ޑައިވް ކުރަން ދިޔަ ފަތުރުވެރިއެއްގެ ފައި ބުރިވެއްޖެއެވެ.

ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ ފަތުރުވެރިޔާ ޑައިވިންގ އަށް ގޮސް މައްޗަށް އެރި ވަގުތު ޑައިވިންގ ދޯނީގެ ބުރަފަތީގައި ޖެހުމުގެ ސަބަބުން ކަމަށެވެ. މިމައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 08:30 އެހާކަށްހާއިރުއެވެ.

މި ހާދިސާގައި އަނިޔާވެފައިވަނީ އެމެރިކާއަށް ނިސްބަތްވާ 63 އަހަރުގެ އަންހެން ފަތުރުވެރިއަކަށެވެ. އެމީހާ އެއް ފައިގެ ކަކުލުން ތިރިން ވަނީ އެއްކޮށް ބުރިވެފައެވެ. މިހާރު ޓްރީ ޓޮޕް ހޮސްޕިޓަލްގައި އެމީހާއަށް ދަނީ ފަރުވާ ދެމުންނެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން