ނ. ފޮއްދޫ ގޮނޑުދޮއް ހިމާޔަތް ކުރުމުގެ މަޝްރޫޢު ނިންމާލައިފިއެވެ.
ފޮއްދޫ ގޮނޑުދޮއް ހިމާޔަތް ކުރުމުގެ މަޝްރޫޢު ނިމިފައިވަނީ މިމަހުގެ 26 ވަނަ ދުވަހުގައިކަމަށް އެމްޓީސީސީން ބުނެފައިވެއެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫޢުގެ އެއްބަސްވުމުގައި އެމްޓިސީސީގެ ފަރާތުން ސޮއިކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހުގައެވެ.
ނ. ފޮއްދޫ ގޮނޑުދޮއް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން 180 މީޓަރުގެ ސަރަހައްދެއްގައި ޖިއޯ ބޭގް އެތުރާފައިވެއެވެ. މީގެ އިތުރުން 5,000 އަކަ މީޓަރުގެ ސަރަހައްދެއްގެ ބިންގަނޑު އެއްވަރުކުރެވިފައިވެއެވެ. މި މަޝްރޫޢުއަކީ ފޮއްދޫ އަށް ދިމާވެފައިވާ ރަށް ގިރުން ހުއްޓުވުމުގެ ގޮތުންނާއި، ލަފާފުރުމަށް ބޭނުންކުރާ ފާލަން ރަށާއި ވަކިވެފައިވުމާއެކު އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫޢުއެކެވެ. މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 07 މާޗް 2020 ގައެވެ. އަދި މި މަޝްރޫޢުއަށް 7.6 މިލިއަން ރުފިޔާ ހަރަދުވެފައިވެއެވެ.
ދިވެހި ރައްޔިތުންނަށް ބޭނުންވާ ޢުމްރާނީ ވަސީލަތްތައް ޤާއިމުކޮށްދީ ރަށްވެހި ތަހުޒީބު ދިވެހި ރައްޔިތުންނަށް ފޯރުކޮށް ދިނުމަށް މިދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި އެމްޓީސީސީން މުޅިން އަލަށް އެތައް މަޝްރޫޢެއް ފަށައި، އޭގެ ތެރެއިން ބައެއް މަޝްރޫޢުތައް ވަނީ މިހާރު ނިމިފައެވެ. މި ގޮތުން މިއަހަރު ތެރޭގައި ނިމިފައިވަނީ 17 ރަށުގައި 19 މަޝްރޫޢުއެވެ.
މީގެއިތުރުން މިހިނގާ ޖުލައި މަހުގެ ތެރޭގައި ބަނދަރު ހެދުމުގެ 2 މަޝްރޫޢުއަކާއި އެއަރޕޯޓު އިތުރަށް ތަރައްޤީ ކުރުމުގެ މަޝްރޫއެއް ވަނީ ނިމިފައެވެ. އަދި މިހަފްތާ ތެރޭގައިވެސް އިތުރު ދެ މަޝްރޫޢުއެއްގެ މަސައްކަތް ނިންމައި ސަރުކާރާއި ހަވާލުކުރުމަށްޓަކާ މެދުނުކެނޑި މަސައްކަތް ކުރަމުން ގެންދާ ކަމަށް އެމްޓީސީސީން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު