ގއ.ކޮނޑޭ ކައުންސިލްގެ މެމްބަރުން ކުރީގެ ރައީސް ސާލިޙާއި އެކު ބޭއްވެވި ބައްދަލުވުމެއްގެ ތެރެއިން: ފޮޓޯ ރައީސް އޮފީސް
ގއ.ކޮނޑޭ ކައުންސިލްގެ މެމްބަރުން ކުރީގެ ރައީސް ސާލިޙާއި އެކު ބޭއްވެވި ބައްދަލުވުމެއްގެ ތެރެއިން: ފޮޓޯ ރައީސް އޮފީސް
ކައުންސިލްގެ ގަވާއިދާ ހިލާފު އަމަލުތައް ކުރާ މީހުން ކުށް ތަކުރާރު ކުރާނަމަ މަހަކު އެއްފަހަރު ޖޫރިމަނާ ކުރަން ގއ. ކޮނޑޭ ކައުންސިލުން ނިންމައިފިއެވެ.

އެގޮތަށް ނިންމާފައިވަނީ ކުށް ކުރާ މީހުންގެ ވަނަވަރު ހާމަ ކުރަން ނިންމައި ކޮނޑޭ ކައުންސިލުން މިދިޔަ ބުރާސްފަތި ދުވަހު އާންމުކުރި އުސޫލެއްގައެވެ.

އެ އުސޫލުގައި ބުނެފައިވަނީ ކޮނޑޭ ކައުންސިލްގެ ގަވާއިދުތަކާ ހިލާފުވާ މީހަކަށް ނޯޓިސް ފޮނުވުމާއި ޖޫރިމަނާ ކުރުމުގެ އިތުރުން ކުށްކުރާ މީހާގެ ވަނަވަރު އަދި އޭނާ ކުރި ކުށް އެނގޭނެހެން ފޮޓޯ އާންމު ކުރާނެ ކަމަށެވެ. އަދި އޭގެ ފަހުން ވެސް އިސްލާހު ނުވެއްޖެނަމަ، ކޮންމެ މަހަކު އެއްފަހަރު ޖޫރިމަނާ ކުރާނެ ކަމަށް ވެސް ކޮނޑޭ ކައުންސިލުން އާންމު ކުރި އުސޫލުގައި ބުނެފައިވެއެވެ.

ކޮނޑޭ ކައުންސިލުން އާންމުކުރި އުސޫލު ބުނާގޮތުން ފިޔަވަޅު އަޅާ ކަންތައްތަކުގެ ތެރޭގައި މަގުމަތި ކުނި ކެހުމާއި ފުރާޅުން އަންނަ ފެން ހިންދުމާއި އާންމު ތަންތަނަށް ކުނި ނޭޅުން ފަދަ ކަންކަމާ ގުޅޭ ގޮތުން ހަދާފައިވާ ގަވާއިދުތަކަށް އަމަލު ނުކުރުން ފަދަ ކަންކަން ހިމެނެއެވެ. އަދި އެ އުސޫލު އާންމުކުރީ ފިޔަވަޅު އަޅާނެ ތަރުތީބެއް އާންމުންނަށް އެނގިފައި އޮތުން މުހިންމު ކަމަށް ފެންނާތީ ކަމަށް ކޮނޑޭ ކައުންސިލުން ބުންޏެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން