މާލޭ ސަރަހައްދުން ގޯތި ލިބިފައިވާ އެއްވެސް މީހެއްގެ އަތުން ގޯތި އަތުނުލާނެ ކަމަށާއި ގޯތި ލިބުނު ތަން ވެސް ބަދަލު ނުކުރައްވާނެ ކަމުގެ ޔަގީންކަން މާލޭ ބިންވެރީންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.

ރައީސް އެ ޔަގީންކަން ދެއްވި ކަން ހާމަކޮށްފައިވަނީ މާލެ ސަރަހައްދުން ބިން ލިބުނު މީހުންނަށް ހާއްސަކޮށްގެން މިރޭ ބޭއްވި މާލޭ ބިންވެރީންގެ ސައްލާ ގައެެވެ. ގިރާވަރު މާލެ ސިޓިޒަންސް އެސޯސިއޭޝަން އާއި ގުޅީފަޅު ރައްޔިތުންގެ އެސޯސިއޭޝަނާއި މާލެ ރަށްވެހީންގެ ޖަމިއްޔާ އަދި ހުޅުމާލެ ރައްޔިތުންގެ ކޮމެޓީ ގުޅިގެން މިރޭ ބޭއްވި މި ސައްލާގެ ކުރިން އެ ހަތަރު ޖަމިއްޔާގެ ފަރާތުން ކަނޑައެޅި މަންދޫބަކު ވަނީ ރައީސް މުޢިއްޒު އާއި ބައްދަލު ކުރައްވާފައެވެ. ރައީސް މުޢިއްޒު އާއެކު ބޭއްވި ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުތައް ހާމަކުރައްވަމުން އެ ހަތަރު ޖަމިއްޔާގެ ފަރާތުން މިރޭ ބޭއްވި ސައްލާގައި ބުނީ ގޯތީގެ ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބެއް ބައްލަވާނެ ކަމަށާ ވީހާވެސް އަވަހަށް ރަޖިސްޓްރީ ދޫކޮށް ނިމޭނެ ގޮތްތަކެއް ހޯއްދަވާނެ ކަމަށް ރައީސް އެބައްދަލުވުމުގައި ވިދާޅުވެފައިވާ ކަމަށެވެ.

އަންނަ ހަފްތާގައި އެކަމާއި ގުޅޭ މައުލޫމާތު ހާމަ ކުރުމަށް ނޫސްވެރީންގެ ބައްދަލްވުމެއް ބާއްވާނެ ކަމަށް ހައުސިން މިނިސްޓްރީން އަންގާފައިވާ ކަމަށް ޖަމިއްޔާތަކުން ބުނެފައިވެއެވެ. އަދި ކުރީ ސަރުކާރުން ގޯތި ދޫޫކުރި ބައެއް ސަރަހައްދުތައް އަދިވެސް ނުހިއްކި ހުރުމުން އެތަންތަނާމެދު އަމަލު ކުރާނެ ގޮތެއް ނިންމަވާ އެކަމުގެ ތަފްސީލް ވެސް ދެއްވާނެ ކަމަށް ރައީސް ވިދާޅުވި ކަމަށް އެޖަމިއްޔާތަކުން ބުނެއެވެ. އަދި ގޯތި ލިބުނު ކަމަށް ގެޒެޓް ކުރި މީހުންނަށް ރަޖިސްޓްރީ ދިނުމުގެ ކުރީން އެކަމުގެ ލިޔުމެއް ދިނުމަކީ މުހިންމު ކަމެއް ކަމަށް ދެކެވަޑައިގަންނާވާ ކަމަށް ރައީސް ވިދާޅުވި ކަމަށް ވެސް އެ ޖަމިއްޔާތަކުން ބުނެފައިވެއެވެ. އަދި ގޯތި ލިބުނު ތަންތަން ބަދަލު ނުކުރާނެ ކަމަށާ އެއްވެސް މީހެއްގެ އަތުން ގޯތި އަތުނުލާނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ތަކުރާރުކޮށް ދެއްވާފައިވާ ކަމަށް އެޖަމިއްޔާތަކުން ބުންޏެެވެ.

ކުރީ ސަރުކާރު ބަދަލުވިއިރު ހުޅުމާލެ އާއި ގުޅީފަޅާއި ގިރާވަޅުފަޅުން ގޯތި ދޭން ނިންމައި ބައެއް މީހުންނަށް ގޯތީގެ ރަޖިސްޓްރީ ވެސް ވަނީ ހަވާލުކޮށްފައެވެ. އެގޯތިތައް ދޭން ނިންމި ސަރަހައްދު ހިއްކައި ނުނިމެނީސް ގިނަ ބަޔަކަަށް ގޯތިދީފައިވާއިރު ގޯތި ދޭން ނިންމާފައިވާ ހުޅުމާލެ އާއި ގުޅިފަޅާއި ގިރާވަޅުފަޅު ހިއްކުމުގެ މަސައްކަތް ސަރުކާރުން މިހާރު ވަނީ ފަށާފައެވެ.

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއެއް ކުރިއަށް ގެންދަނީ ފުށިދިއްގަރު ފަޅުގައެެވެ. ރަސްމާލެ ނަމުގައި ހިންގާ އެމަޝްރޫއުގެ ބިން ހިއްކުމުގެ މަސައްކަތް ސަރުކާރުން މިހާރު ދަނީ ކުރަމުންނެވެެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން