މާލޭ ރައްޔިތުންނަށް ގޯތިދޭން ކުރީގެ ސަރުކާރުން ފެށި "ބިންވެރިޔާ" ސްކީމްގެ އެއްވެސް މަސައްކަތެއް ހުއްޓާލާފައިނުވާ ކަމަށް ރައީސް އޮފީހުން މިރޭ ބުނެފިއެވެ.

"މާލޭ ބިންވެރިންގެ ސައްލާ" ގައި ރައީސް ޑރ.މުހައްމަދު މުއިއްޒުގެ މަންދޫބެއްގެ ހައިސިއްޔަތުން ބައިވެރިވެ ވަޑައިގެންނެވި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލު ވިދާޅުވީ، ބިންވެރިޔާ ސްކީމްގެ ދަށުން މާލޭގެ ރައްޔިތުންނަށް ގޯތި ދޭން ފެށި އެއްވެސް މަޝްރޫއެއް ހުއްޓާލާފައިނުވާނެ ކަމަށެވެ. އަދި މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ކުރީގެ ސަރުކާރުން ފަށާފައިވާ ހުރިހާ މަޝްރޫއެއްގެ މަސައްކަތް ވެސް ބާރަށް ކުރިއަށް ގެންދާ ކަމަށް ފިރުޒުލް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ގޯތިތަކާ ބެހޭ ހަތަރު މަސައްކަތެއް ސަރުކާރުން މިހާރު ކުރަމުންދާ ކަމަށެވެ. އެގޮތުން ގޯތިދޭން ކަނޑައެޅި ތަންތަނަށް ބިން އިތުރުކުރުމުގެ މަސައްކަތާއި އެތަންތަނުގެ އަސާސީ އިންފްރާސްޓްރަކްޗާ ގާއިމްކުރުން، ދަތުރުފަތުރުގެ ނިޒާމު ގާއިމްކުރުން އަދި ގޯތިތަކުގެ ރަޖިސްޓްރީ މީހުންނާ ހަވާލުކުރުމުގެ މަސައްކަތް ކުރިއަަށްދާކަން ފިރުޒުލް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ ގޯތިތައް ހިކެމުންދާ ވަރަކަށް ސަރުކާރުން ރަޖިސްޓްރީތައް ދޫކުރަމުން ގެންދާނެ ކަމަށެވެ. އަދި ވަގުތީ ގޮތުން ލިއުމެއް ދެވެން އޮތް ފަރާތްތަކަށް އެފަދަ ލިއުމެއް ދޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވާފައިވާ ކަމަށް ވެސް ފިރުޒުލް ވިދާޅުވި އެވެ.

"އެތަންތަނުގައި ގެދޮރު އިމާރަތް ކުރުމަށްޓަކައި 5 ޕަސެންޓަށްވުރެ އިންޓްރެސްޓް ބޮޑު ނުވާ ގޮތަށް ނުވަތަ އެއަށް ވުރެ ކުޑަކޮށް ލޯނު ލިބޭނެ އިންތިޒާމް ހަމަޖެެއްސުމުގެ މަސައްކަތް ފެށިގެން ކުރިއަށް އެބަދޭ، އެމަޝްވަރާތައް ކުރަމުންދަނީ 5 އަހަރު ވަންދެން ކޮންމެ ކަމެއްކުރަން މަޑުކުރާކަން ނުޖެހޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވާ،" ފިރުޒުލް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން