ރައީސް ޔާމީންއަށް ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ޙައްޤަށް ހުރަސް ނޭޅުމަށް ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން ގޮވާލައިފިއެވެ.
މަނީލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހަށް ޖަލަށް ހުކުމް ކޮށްފައިވާ ރައީސް ޔާމިންގެ ވަކީލުން މިއަދު ނެރެފައިވާ ބަޔާނެއް ގައި، ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން އިޢުލާނުކުރި ލޮކްޑައުންގެ ގިނަ އުޞޫލުތައް އުވާލައި، ގިނަ ކަންކަމަށް ބޮޑެތި ލުއިތަކެއްދީފައިވާއިރު، އަދި ކޯޓުތައް ވެސް މިހާރު ހުޅުވައި ޝަރީޢަތްތައް ވެސް ފަށާފައިވާއިރު، އަދި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާގުޅޭ ބައެއް ޝަރީޢަތްތައް ވެސް ފަށާފައިވާއިރު، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ ދަށުން އެފަދަ ޝަރީޢަތްތަކުގައި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ލިބިދޭ، ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ޙައްޤަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ހުރަސް އަޅަމުން ގެންދާތީ އެކަމާމެދު ނުހަނު ބޮޑަށް ކަންބޮޑުވާކަން ހާމަކޮށްފައި ވެއެވެ.
މިހިނގާ ޖުލައި މަހުގެ 8 ވަނަ ދުވަހު ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އިސްތިޢުނާފުގެ މައްސަލައިގެ އަޑުއެހުމެއް ބޭއްވިފައިވާއިރު އަދި އެ އަޑުއެހުމަށް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މާލޭގައި ހުރި ދިވެހިރާއްޖޭގެ ހައިކޯޓަށް ޙާޟިރުވެސް ކުރެވިފައިވާއިރު، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާ އެ މަނިކުފާނުގެ ޤާނޫނީ ވަކީލުންނާ ބައްދަލު ކުރެއްވުމުގެ ފުރުސަތު ނުލިބޭ ކަމަށް ވަކީލުންގެ ބަޔާނުގައި ބުނެފައި ވެއެވެ.
ޤާނޫނީ ވަކީލުންނާއި ސީދާކޮށް ބައްދަލުކޮށް މަޝްވަރާކުރައްވަން ބޭނުންފުޅުވާތީ އެ ފުރުޞަތު ބޭނުންފުޅުވާކަމަށް އެންމެ ފަހުން ހައިކޯޓޫގައި ބޭއްވި އަޑުއެހުމުގައި ރައީސް ޢަބްދުﷲ ޔާމީން ހުށަހެޅުއްވުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ އެ ދުވަހުގެ އަޑުއެހުން ނިންމަވާލެއްވީ ރައީސް ޢަބްދުﷲ ޔާމީނަށް އެމަނިކުފާނުގެ ޤާނޫނީ ވަކީލުންނާ ސީދާކޮށް ބައްދަލު ކުރެއްވޭނޭ އިންތިޒާމް ހަމަޖައްސަވައިދެއްވުމަށް ދައުލަތަށް އެންގެވުމާއެކު އެ މައްސަލައިގައި ރައީސް ޢަބްދުﷲ ޔާމީނަށް އެ ފުރުޞަތު ލިބިވަޑައިގެންނެވުމުން އިތުރު އަޑުއެހުމެއް ބާއްވަވާނެ ކަމަށް އިޢުލާނު ކުރެއްވުމަށްފަހުގައި ކަމަށް ވަކީލުންގެ ބަޔާނުގައި ވެއެވެ.
މިއަޑުއެހުން ނިމުނު ފަހުން ރައީސް ޢަބްދުﷲ ޔާމީންގެ ވަކީލުންނަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން 14 ޖުލައި 2020 ގެ ތާރީޚުގައި ފޮނުވި ސިޓީއެއްގައި 2020 ޖުލައި 08 ވަނަ ދުވަހު ހައިކޯޓުގައި ބޭއްވި ޝަރީޢަތުގައި، މައްސަލަ ބެއްލެވި ޤާޟީ ނިންމަވާފައިވާ ގޮތަށް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވަކީލުންނާ ބައްދަލުކުރުމުގެ ފުރުޞަތު ލިބޭނޭ ކަމަށް ބަޔާންކުރައްވާފައި ވާކަމަށްވެސް ރައީސް ޔާމިންގެ ވަކީލުން މިއަދު ނެރުނު ބަޔާނުގައި ވެއެވެ.
"އެހެންނަމަވެސް، މިސިޓީއާގުޅިގެން ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާ ބައްދަލުކުރުމަށްޓަކައި ވަކީލު ބައްދަލުވުމަށް އެދޭ ފޯމު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މާލޭ ޖަލަށް ހުށަހަޅަން ދިއުމުން ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާ ސީދާކޮށް ގާތުން ބައްދަލުކުރުމުގެ ފުރުޞަތެއް ނުލިބޭނެ ކަމަށް އަންގައި ވަކީލު ބައްދަލުވުން ހަމަޖައްސައިދީފައެއް ނުވެއެވެ. އަދި ބައްދަލު ވުމަށް އެދުނީ ދިވެހިރާއްޖޭގެ ހައިކޯޓުން އެންގެވި އެންގުމާ ގުޅިގެންކަމަށް ބަޔާންކޮށް އަދި ބައްދަލުވުން ހަމަޖެހޭނެ ކަމަށް އަންގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ފޮނުވާފައިވާ ސިޓީ ދެއްކުމުން ވެސް ވަކީލު ބައްދަލުވުން ހަމަޖައްސައިދިނުމަށް އިންކާރުކޮށް ފޯމު ވެސް ބަލައިގަނެފައެއް ނުވެއެވެ." ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގެ ބަޔާނުގައި ވެއެވެ.
"ދިވެހިރާއްޖޭގެ ހައިކޯޓުން ވެސް އަންގަވާފައިވާ ގޮތަށް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާ ވަކީލުން ސީދާކޮށް ގާތުން ބައްދަލުކުރެވޭނޭ އިންތިޒާމް ހަމަޖައްސައިނުދީ ޤާނޫނުއަސާސީން އެމަނިކުފާނަށް ލިބިލައްވާ ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ޙައްޤަށް ހުރަސް ނުއެޅުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އަށް އިލްތިމާސް ކުރަމެވެ." ރައީސް ޔާމިންގެ ވަކީލުން މިއަދު ނެރުނު ބަޔާނުގައި ވެއެވެ.
މީގެ ކުރިން ޕަބްލިކް ސަރވިސް މީޑިއާގެ ޗެނަލްތައް ޓީވީ މެދުވެރިކޮށް ބެލުމުގެ އިންތިޒާމް ހަމަޖެހިފައިވީނަމަވެސް މިހާރު އެ ވަޞީލަތް ބޭނުންކުރުމުން ވެސް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މަޙްރޫމްކޮށް، ޚަބަރު ފަތުރާ އެއްވެސް ވަޞީލަތަކަށް ވާސިލު ވުމަށް، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ހުރަސް އަޅާފައިވާކަން ފާހަގަކޮށް އެކަން ހުއްޓާލުމަށް ވެސް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އަށް ވަކީލުންގެ ޓީމުން އިލްތިމާސް ކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު