ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ޖަލުގައި ނުބެހެއްޓޭނެ ކަމަށާއި އަދި އެމަނިކުފާނު މިނިވަންކުރަން އިހުތިޖާޖަށް މަގުމައްޗަށް ވެސް ނުކުންނާނެ ކަމަށް ކުރީގެ ނާއިބު ރައީސް އަދި ރައީސް ޔާމީންގެ އިސް ވަކީލު، ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅޫވެއްޖެ އެވެ.

ރިޝްވަތާއި މަނީލޯންޑަރިންގެ ކުށުގައި ރައީސް ޔާމިން 11 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް އެމަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު އެމައްސަލައިގައި ހުރިހާ އަޑުއެހުންތައް ނިމި މިހާރު އޮތީ ހުކުމާއި ހިސާބުގައެވެ.

ނަމަވެސް އަދިވެސް ހުކުމް އިއްވާނެ ދުވަހެއް ކޯޓުން ތާވަލެއް ނުކުރެ އެވެ.

އެހެންވެ މޯލްޑިވްސް ނެޝެނަލް ފްރޮންޓް (ޕީއެންއެފް) އިން ރޭ ބޭއްވި ޖަލްސާގައި ޖަމީލު ވަނީ ރައީސް ޔާމިން އަދިވެސް މިނިވަން ނުކޮށް ޝަރީއަތް ދިގުދަންމާތީ ޖުޑިޝަރީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

އެގޮތުން ޖަމީލު ވަނީ ރައީސް ޔާމީން ޖަލުގައި ނުބެހެއްޓޭނެ ކަމަށާއި ސަމާސާ ކުރަން ނޫޅުމަށް ގޮވާލައްވާފަ އެވެ. އަދި ކެތްތެރިކަން ވެސް އޮންނާނީ ވަކި ވަރަަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ތެދުވާނަމޭ. އިހުތިޖާޖު ކުރަން ޖެހިއްޖެއްޔާ އިހުތިޖާޖު ވެސް ކުރާނަމޭ، މަގުމައްޗަށް ވެސް ދާނަމޭ،" ޖަމީލު ވިދާޅުވި އެވެ.

ޖަމީލުގެ ވާހަކައިގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ވެސް ބަހުގެ ހަމަލާތަކެއް ދެއްވި އެެވެ. އަދި އެމަނިކުފާނަކީ ބަހާއި އަމަލު ދިމާނުވާ ބޭފުޅެއް ކަމަށް ވެސް ވިދާޅުވި އެވެ.

އަދި އަނިޔާ ލިބޭ މީހުންގެ ދުއާއާއި ﷲގެ އަޒާބަށް ބިރުވެތިވުމަށް ވެސް އޭނާ ގޮވާލެއްވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން