އަފްގާނިސްތާންގެ ބަދަކްޝާއަށް އިންޑިއާގެ ފްލައިޓެއް ވެއްޓިއްޖެ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

ބަދަކްޝާން ޕޮލިސް ކޮމާންޑުން ބުނީ އިންޑިއާގެ މަތިންދާ ބޯޓު ރޭ ދަންވަރު ރާޑަރުން ގެއްލިފައިވާ ކަމަށެވެ.

ފުލުހުން އިތުރަށް ބުނެފައިވާ ގޮތުގައި ރޭ އެ ފަސިންޖަރު ބޯޓު ރާޑަރުން ގެއްލުނު ފަހުން މިއަދު އެ ޕްރޮވިންސްގެ ޒިބާކް އަވަށުގެ "އާޓިލަރީ" ސަރަހައްދުގެ އުސް ފަރުބަދައެއްގެ މައްޗަށް ވެއްޓިފައިވާ ކަމަށެވެ.

އަފްޣާނިސްތާންގެ ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންނެވެ. އެގޮތުން، ފުލުހުންގެ އޮފިޝަލް ވިދާޅުވީ ބޯޓު ވެއްޓުނު ސަރަހައްދަށް މިހާރު ފުލުހުންގެ ޓީމެއް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް މި ހާދިސާއާއި ގުޅޭ އިތުރު ތަފުސީލެއް އަދި ނުލިބެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން