އެއާ އެމްބިއުލެންސް ތައާރަފް ކުރެވުމާއެކު ބަލި މީހުން އުފުލުމުގައި ކުރިމަތިވާ ލަސްވުން ނިމުމަކަށް އަންނާނެކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.

ހެލްތު މިނިސްޓަރު ކުރެއްވި އެކްސްއެއްގައި ވިދާޅުވީ ޙާލު ބޮޑު ބަލި މީހާ، ޓާޝަރި ފެންވަރަށް ހިދުމަތް ލިބޭ ހޮސްޕިޓަލަކަށް އުފުލުމުގައި އެކިއެކި ސަބަބުތަކާހުރެ ލަސްވުމަކީ ޒަމާނުއްސުރެ ޙައްލު ހޯދަން ރާއްޖޭގެ ރައްޔިތުން އެދި އެދި ތިބި ކަމެއް ކަމަށެވެ.

އަދި ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެކަމަށް ފުރިހަމަ ޙައްލު ހޯދުމުގެ މަސައްކަތް ފައްޓަވާފައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ﷲގެ އިރާދަފުޅާއެކު ރައީސްގެ ވިސްނުންފުޅާ އެއްގޮތަށް އެއަރ އެންބިއުލާންސްގެ ޚިދުމަށް 1 މާރޗް ގައި ތަޢާރަފް ކުރެވި ބަލި މީހުން އުފުލުމުގައި ލަސްވާ މައްސަލަ ނިމުމަކަށް އަންނާނެ." ޚަލީލު ވިދާޅުވި އެވެ.

ސަރުކާރުން މިހާރުވަނީ ކުއްލި ހާލަތުގައި ދިިމާވާ މެޑިކަލް އެމާޖެންސީތަކަށް އިސްކަން ދިނުމަށް ހިމަނައި މޯލްޑިވިއަންގެ އުސޫލުތަކަށް ބަދަލުގެންސްފަ އެވެ.

ރާއްޖޭގެ އެކި ރަށްރަށުން އިތުރު ފަރުވާއަށް އާސަންދައިން މާލެ ގެންނަ ގިނަ މީހުން މިހާރު ވެސް އުފުލާނީ ގައުމީ އެއާލައިން، މޯ އެއްލްޑިވިއަނުންނެވެ. އެގޮތުން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އިމަރޖެންސީގައި ބަލި މީހުން ގެނައުމަށް ތިން ޗާޓަރު ފްލައިޓް ވަނީ ބާއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން