ފުނަދޫގައި ސްޕެޝަލް އިކޮނޮމިކް ޒޯންތައް (އެސްއީޒެޑް) ތަރައްގީކުރުމަށްޓަކައި އެތަނުގައި މިހާރު ގާއިމުކޮށްފައިވާ ފިއުލް ސްޓޯރޭޖް މާގިރިފަޅަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.

ވަޒީރުންގެ މަޖިލީހުގެ މުހިންމު ނިންމެވުންތައް ހާމަކުރުމަށްޓަކައި ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުالله ނާޒިމް ވިދާޅުވީ ފުނަދޫގައި ހުރި ފިއުލް ސްޓޯރޭޖު، ކަނޑުއޮށްގިރި ކައިރީގައި އޮންނަ މާގިރިފަޅަށް ބަދަލު ކުރުމުގެ މަސައްކަތް އެސްޓީއޯއިން ފެށުމަށް އިކޮނޮމިކް ކައުންސިލުން ކަނޑައަޅާފައިވާ ކަމަށެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތިން ގުނައަށް ބޮޑުކޮށް ތަރައްގީ ކުރުމުގެ މަޝްރޫއު އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ފުނަދޫގައި ބައިނަލްއަގްވާމީ ފައިނޭންޝަލް ސެންޓަރެއް ގާއިމުކުރުމަކީ މި ސަރުކާރުގެ ތަޞައްވުރެއްކަން ފާހަގަކުރައްވާފައިއެވެ.

ފައިނޭންޝަލް ސެންޓަރު ހެދުމަށް ބޭނުންވާ ކުންފުނި ހެދުމުގެ މަޝްވަރާ ކެބިނެޓުގައި ކުރައްވަމުންދާ ކަމަށްވެސް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން