ފޮޓޯ: ރަސް އޮންލައިން.
ފޮޓޯ: ރަސް އޮންލައިން.
ފަރުކޮޅުފުށީގައި ބުޅާ ފެސިލިޓީއެއް ގާއިމުކުރަން އުޅޭ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް ވިދާޅުވީ ފަރުކޮޅުފުށީގައި ގާއިމުކުރާ ޕެޓް ކެއާ ފެސިލިޓީ ހިންގާނީ މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާގެ ދަށުން ކަމަށެވެ. އަދި އެވުޒާރާއިން އެތަން ހިންގާނީ މާލެ ސިޓީ ކައުންސިލާއިއެކު ވެވޭ އެއްބަސްވުމެއްގެ ދަށުން ކަމަށް ނާޒިމް ވިދާޅުވިއެވެ.

"މި ޕެޓް ކެއާގެ ފެސިލިޓީ ގާއިމުކުރަން ފަރުކޮޅުފުށީގައި ހަމަޖެހިފައިވާ ބިމުން ބައެއްގައި ކެޓް ސެންޓަރެއް މާލެ ސިޓީ ކައުންސިލުން ގާއިމްކޮށް، އެތަނަށް މާލެ މަގުތަކުގައި އުޅޭ ބުޅާތައް ބަދަލުކޮށް ކެޓް ޝެލްޓާގެ ހިދުމަތް އެތަނުގައި ގާއިމް ކުރުމަށް ވަނީ ނިންމާފައި،" ނާޒިމް ވިދާޅުވިއެވެ.

މާލެ ސިޓީގެ މަގުމަތީގައި ބުޅާ ގިނަވުމަކީ އަބަދުގެވެސް ކަންބޮޑުވުމެއްކަން މާލެ ސިޓީ ކައުންސިލުން މީގެ ކުރީގައިވެސް ފާހަގަކޮށްފައި ވެއެވެ. އޭގެ ސަބަބުން ގިނަ ބަޔަކަށް އުނދަގޫވަމުންދާތީ މި މައްސަލައަށް ހައްލެއް ގެނައުމަށް މީގެ ކުރީ ސަރުކާރުތަކުން ވެސް މަސައްކަތްކޮށްފަައި ވެއެވެ. އެންމެ ފަހުން އެމައްސަލައަށް ހައްލެއް ގެނައުމަށް ބުޅާ ފެސިލިޓީ ގާއިމުކުރުމުގެ ޚިޔާލު ހުށަހަޅުއްވާފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން މާލެ ސިޓީ ކައުންސިލުގެ މޭޔަރުގެ މަޤާމުގައި އެމަނިކުފާނު ހުންނެވި އިރުގައެވެ.

މާލޭގެ މިހާރުގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ މި މައްސަލަ ހައްލުކުރުމަށްޓަކައި އޭނާ މޭޔަރުގެ މަގާމަށް އިންތިހާބުވާތާ ފުރަތަމަ 3 ދުވަހާއި 6 ދުވަހުގެ ތެރޭގައި ބުޅާތަކަށް ވަކި ސަރަހައްދެއް ހަމަޖައްސާނެ ކަމަށެވެ. އަދި ބުޅާތައް ނިއުޓާ ކުރުމުގެ އިންތިޒާމްވެސް ހަމަޖައްސަވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


0

ތިމަންނަ

27-Jan-2024

ބުޅަލުގެ އުދަގުލަށްވުރެ ބަންގާޅުންގެ އުދަގޫ މާ ބޮޑު


6

ޗައިވާލާ

27-Jan-2024

ކޮތަރު ތަކަށްވެސް



ޓްރެންޑިން