ކޮމިއުނިސްޓް ޕާޓީ އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ (ސީޕީސީ)ގެ އިންޓަނޭޝަނަލް ޑިޕާޓްމަންޓްގެ ވައިސް މިނިސްޓަރު ސަން ހައިޔާން ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއަށް ވަޑައިގެންފިއެވެ.

ސީޕީސީގެ އިންޓަނޭޝަނަލް ޑިޕާޓްމަންޓުގެ ވައިސް މިނިސްޓަރު ހައިޔާން ރާއްޖެ ވަޑައިގަތީ އާދީއްތަ ދުވަހުގެ ވަގުތެއްގައެވެ. އެއާޕޯޓުން އެކަމަނާއާ މަރުހަބާ ވިދާޅުވީ މިނިސްޓަރު އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް ޝެރީނާ އަބްދުލް ސަމަދެވެ.



އެކަމަނާގެ މިދަތުރުފުޅަކީ މިނިސްޓަރު އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރުގެ ދައުވަތަކަށް ކުރެއްވި ރަސްމީ ދަތުރުފުޅެކެވެ. ހައިޔާން ރާއްޖެ ވަޑައިގެންފައިވަނީ ޗައިނާގެ ރައިސް ޝީ ޖިންޕިންގެ ދައުވަތަކަށް މި މަހުގެ 8 އިން 12 އަށް ރައީސް މުއިއްޒު އެ ގައުމަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވާފައިވަނިކޮށެވެ.

ހައިޔާން ރާއްޖެއަށް ކުރައްވާ މި ކުރު ދަތުރުފުޅު ނިންމާލެއްވުމަށްފަހު ޗައިނާއަށް އެނބުރި ވަޑައިގަންނަވާނީ ޖެނުއަރީ 23 ގައެވެ.

މި ދަތުރުފުޅުގައި ހައިޔާން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި ރައްޔިތުންގެ މަޖްލީހުގެ ރައީސް މުހައްމަދު އަސްލަމްގެ އިތުރުން ޚާރިޖީ ވަޒީރު މޫސާ ޒަމީރުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާނެއެވެ.

މީގެ އިތުރަށްވެސް، ހޯމަ ދުވަހު އދ. މަހިބަދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ އެރަށު ކައުންސިލުން ބާއްވާ ޑޮނޭޝަން އިވެންޓެއްގައިވެސް ހައިޔާން ބައިވެރިވެވަޑައިގަންނަވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން