ކޮންމެ ހަފްތާއަކު ނެރެމުން ގެންދިޔަ ވީކްލީ ފިސްކަލް ޑިވެލިޕްމަންޓް ރިޕޯޓް އަލުން ނެރެން ފަށައިފިއެވެ.

މިއަހަރު ފެށުނީއްސުރެ ނެރުން ހުއްޓާލާފައި އޮތް ދައުލަތުގެ މާލީ ހާލަތު ބަޔާން ކުރާ ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް ރިޕޯޓް ފިނޭންސް މިނިސްޓްރީން އަލުން ނެރެން ފަށާފައިވާކަން ހާމަކޮށްފައިވަނީ މިއަދުއެވެ.

ފިނޭންސް މިނިސްޓްރީން އެންމެފަހުން މި ރިޕޯޓު އާންމު ކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރ 28 ގައެވެ. އެއަށްފަހު މި އަހަރުގެ މިހާތަނަށް ރިޕޯޓް ނެރެފައެއް ނުވެއެވެ. އޭރު ރިޕޯޓުތައް ނެރުން ހުއްޓާލި ސަބަބެއް މިނިސްޓްރީން ހާމަކޮށްފައެއް ވެސް ނުވެއެވެ.

މި ރިޕޯޓުތައް އަލުން ނެރެން ފަށާފައިވާކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން މިއަދު ބުނީ އައު އަހަރުގެ ބަޖެޓާއި އެއްގޮތަށް ރިޕޯޓިން ނިޒާމަށް ބަދަލު ގެނެސް ރިޕޯޓްތައް އަލުން ޝާއިއު ކުރަން ފަށާފައިވާ ކަމަށާއި ކުރިއަށް އޮތްތަނުގައި ރިޕޯޓްތައް ފަސޭހަކަމާއެކު ފެންނަގޮތަށް ހުންނާނެކަމަށެވެ.



ރިޕޯޓްތައް އަލުން ހާމަކުރަން ފަށައި، މިއަދުވަނީ މިދިޔަ ދެ ހަފްތާގެ ދެ ރިޕޯޓް އާންމުކޮށްފައެވެ. އެ ރިޕޯޓްތަކަށް ބަލާއިރު، ޖެނުއަރީ 11 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް 390 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، 524 މިލިއަން ރުފިޔާ ވަނީ ހަރަދު ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން