މި ރާއްޖެއަށް ގެނެވުނު ހުރިހާ ހަރުދަނާ ބަދަލުތައް ގެނެސްދީފައިވަނީ އެމްޑީޕީންކަމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަލީމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ހަލީމް މިރޭ ވިދާޅުވީ، އެމްޑީޕީއަށްވުރެ ހަރުދަނާ މުއައްސަސާއެއް ރާއްޖޭގައި ނެތްކަމަށާއި، ދިވެހި ރައްޔިތުންނަށް އެކި ގޮތްގޮތުން ބޭނުންވާ މުހިންމު ހުރިހާ ބަދަލެއް ގެނެސްދިނީ އެ ޕާޓީން ކަމަށެވެ.

އެގޮތުން، މީގެކުރިން ދިވެހީން ބޭސްފަރުވާކުރީ ސަލާންޖަހައިގެން ކަމަށާއި ނަމަވެސް އެކަން ނިމުމަކަށް ގެނެސް އާސަންދައިން ހިލޭ ބޭސްފަރުވާ ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނީ އެމްޑީޕީން ކަމަށް ހަލީމް ވިދާޅުވިއެވެ.

އެހެންކަމުން، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، ސަރުކާރު ޖަވާބުދާރީ ކުރެވޭފަދަ މެޖޯރިޓީއެއް އެމްޑީޕީއަށް ލިބެންޖެހޭކަމަށާއި އެހެންނޫންނަމަ ގައުމުގެ ކަންކަން ގޯސްމަގުން ހިނގައިދާނެކަމަށް ވިދާޅުވިއެވެ.

އާސަންދައިގެ ދަށުން ބޭސްފަރުވާ ކުރެވޭ ގައުމުތަކުގެ ގޮތުގައި ޔޫރަޕާއި އަރަބި ގައުމުތައް ވެސް ހިމަނަން ސަރުކާރުން ނިންމި ނިންމުމާއި ގުޅިގެން ވާހަކަ ދައްކަވަމުން ހަލީމް ވިދާޅުވީ، އެކަން އެގޮތަށް ކުރާއިރު، ދިވެހީން ބޭސްފަރުވާއަށް އިންޑިއާފަދަ ގައުމުތަކަށް ދާއިރު ދަތުރު ދާގޮތާމެދު ވިސްނާލަން ޖެހޭކަމަށެވެ. އެގޮތުން ދަތުރުތައް ދަނީ އާއިލާގެ ގިނަބަޔަކު ގޮވައިގެން ވިޔަފާރި ވެސް ކުރާގޮތަށް އެކި ބޭނުންތައް އެއްކޮށްލައިގެން ކަމަށް އޭނާ ވިދާޅުވިއެވެ. ޚާއްސަކޮށް ކެންސަރުފަދަ ބޮޑެތި ބަލިތައް ޖެހިގެން މީހުން ބޭރަށް ދާއިރު އާއިލާގައި ގެންދެވެން ހުރި މީހުން ގެންދަން ދިވެހީން ބޭނުންވާކަމަށާއި، އެކަން އެގޮތަށް އޮންނައިރު، ޔޫރަޕްގެ ގައުމުތަކަށް އާސަންދައިން ދަތުރުކުރާނަމަ އެކަން ވާނީ ވަރަށް ހަރަދު ބޮޑު ގޮތަކަށްކަމަށް އޭނާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


-5

ރޯނު

27-Jan-2024

ހުރިހާ ބަރެއް ދިނުމުންވެސް ވޭތުކުރި ފަސް އަހަރު ކުރެވުނު ކަމެއްނެތްތާ ދެއްކުނު ކަމެއްވެސް ނެތް.



ޓްރެންޑިން