ސިފައިންގެ ވަޒީފާއަށް ވަނުމުގެ ފުރުޞަތު ޑިފެންސް މިނިސްޓްރީން އާންމުކޮށް ހުޅުވާލައިފިއެވެ.



ސިފައިންގެ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތެެއް ކަމުގައިވުމާއި، އުމުރުން 18 އަހަރު ފުރި 25 އަހަރު ނުފުރޭ މީހަކު ކަމުގައިވުމާއި، ސިފައިންގެ ވަޒީފާ އަދާކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން ހިމެނެއެވެ.

އޭގެއިތުރުން، ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ކުށުގެ ރެކޯޑެއް އޮތް މީހަކު ކަމުގައި ނުވުމާއި، އަދި އެއްވެސް ސިޔާސީ ޕާޓީއެއްގެ މެމްބަރެއް ކަމުގައި ނުވުން ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

ހަމަ އެހެންމެ އިންޓަވިއުއާއި އޭގެ ފަހުން ދޭ ފިޒިކަލް ފިޓްނަސްއާއި އެޕްޓިޓިއުޓް ޓެސްޓުގެ ނަތީޖާއަށާއި އިސްކޮޅާއި ރޫފައަށް ވެސް ވަޒީފާ ދިނުމުގައި ރިއާޔަތް ކުރާނެ އެވެ،



ވަޒީފާއަށް އެދޭއިރު ޕޮލިސް ރިޕޯޓްވެސް ހުށަހަޅަން ޖެހޭނެ އެވެ. ވަޒީފާއަށް އެދި ހުށައެޅުމުގެ ފުރުސަތު އަންނަ މަހުގެ 15 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން