ހޯމް މިނިސްޓަރު އަލީ އިހުސާން--
ހޯމް މިނިސްޓަރު އަލީ އިހުސާން--
ފުލުހުންގެ ފްލެޓްތަކުގެ އިންޓީރިއާ އަދި ފިނިޝިންގެ މަަސައްކަތްތައް އަންނަ މަހު ނިމޭނެ ކަަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ވީޓީވީންރޭ ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ފުލުހުންގެ ފްލެޓްތަކުގެ މައްސަލައަކީ ވަރަށް ދިގުދެމިގެން ގޮސްފައިވާ މައްސަލައެއް ކަމަށެވެ.

އެހެންކަމުން މިހާރު މަސައްކަތް ކުރަމުންދަނީ އަންނަ މަހުގެ ނިޔަލަށް ފުލެޓުތަކުގެ އިންޓީރިއާގައި އަދި ފިނިޝިންގައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ނިންމުމަށް ކަމަށެވެ.

ހަމަ އެެެހެންމެ މިހާރު ގެނެވިފައިވާ ލިފްޓުތައް ވެސް، އިންސްޓޯލް ކުރުމުގެ މަސައްކަތް ފެށޭ ހިސާބަށް ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެެވެ.

"އަޅުގަނޑުމެންގެ ޓާގެޓަކީ މި ދެންނެވި، ފުރަތަމަ ގެނެސްފައިވާ ލިފްޓުތައް، ރަމަޟާން މަހަށް ވާންވާއިރަށް ހަރުކުރެވޭތޯ މަސައްކަތްކުރުން. އަދި ކުރިއަށް އޮތް ތިން ހަތަރު މަސް ތެރޭގައި، ބާކީ ހުރި ލިފްޓުތައް ވެސް ގެނެސް ހަރުކުރެވޭތޯ އެއީ އަޅުގަނޑުމެން އަމާޒުހިފާނެ ގޮތަކީ." މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ފުލުހުންނާ މުއައްސާތަކުގައި ތިއްބަވާ ބޭފުޅުންގެ ވެލްފެއާގެ ކަންކަމަކީ ވަރަށް ބޮޑަށް އިސްކަން ދޭނެ ކަންކަން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން