މާލެ އަތޮޅު ފުނަދޫ އެސްޓީއޯގެ ފިއުލް ސްޓޯރޭޖް ބަދަލުކުރަނީ ތިލަފުށި ކައިރީގައި އޮންނަ ކ. މާގިރިއަށް ކަމުގައި އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވީ ފުނަދޫ ސްޓޯރޭޖް ބަދަލުކުރަން އުޅޭ ސަރަހައްދާއި ގުޅޭގޮތުން ގިނަ މީހުންނަށް އޮޅުން އަރާފައިވާތީ އެކަން އޮޅުންފިލުވައިދިނުމުގެ ގޮތުންނެވެ.

"އަޅުގަނޑު އޮޅުންފިލުވައިދޭން ބޭނުންވަނީ، ކ.ފުނަދޫގެ ފިއުލް ސްޓޯރޭޖް ބަދަލުކުރުމަށް ހުށަހަޅާފައިވާ ތަނަކީ ކ.ތިލަފުށި ކައިރީގައި އޮންނަ މާގިރި، ޝެރެޓަން މޯލްޑިވްސް ފުލް މޫން ކައިރީގައި އޮންނަ މާގިރިއެއް ނޫންކަން." މިނިސްޓަރ މުއްތަލިބު ވިދާޅުވެފައި ވެއެވެ.

ފުނަދޫގައި ގާއިމުކޮށްފައިވާ ފިއުލް ސްޓޯރޭޖް މާގިރިފަޅަށް ބަދަލުކުރަން ސަރުކާރުން ނިންމާފައިވަނީ އެތަނުގައި ސްޕެޝަލް އިކޮނޮމިކް ޒޯންތައް (އެސްއީޒެޑް) ތަރައްގީކުރުމަށްޓަކައެވެ.

ފިއުލް ފާމް ބަދަލުކުރުމުގެ މަސައްކަތް 18 މަހާއި 24 މަސް ތެރޭގައި ނިންމާލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން