ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ގިނަ އަދަދެއްގެ ވަގުތީ ވަޒީފާއަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރި އިއުލާނެއްގައި ބުނީ އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ތަމްރީން ކުރުމަށް އަތޮޅުތަކާއި ސިޓީތަކުގައި ޓްރެއިނަރުންގެ ގޮތުގައި ހަރަކާތްތެރިވާނެ 90 ވަގުތީ މުވައްޒަފުން ބޭނުންވާ ކަމަށެވެ.

އެ ޓްރެއިނަރުންނަށް މާލޭގައި ހަރަކާތްތެރިވާ ކޮންމެ ދުވަހަކަށް 800 ރުފިޔާ އަދި އަތޮޅުތަކުގައި ހަރަކާތްތެރިވާ ކޮންމެ ދުވަހަކަށް 1000 ރުފިޔާގެ އެލަވަންސްއެއް ދޭނެ އެވެ.

އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ މަސައްކަތްތައް ނިމެންދެން އީސީގެ އެކި މަސައްކަތްތައް ކުރުމަށް ވެސް 30 މުވައްޒަފުން ހޯދަން ވަނީ އިއިލާންކޮށްފަ އެވެ. އޭގެ އިތުރުުން ސީނިއަރ އޮފިސަރުންގެ ގޮތުގައި 10 މުވައްޒަފުން ހޯދަން ވެސް ވަނީ އިއުލާންކޮށްފަ އެވެ.

އެ ވަޒީފާތަކަށް ކުރިމަތިލިމުގެ ފުުރުސަތު އަންނަ މަހުގެ 20 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

ރައްޔިިތުންގެ މަޖިލީހުގެ އިންތިހާބު އޮންނާނީ ރޯދަ މަހުގެ ފުރަތަމަ ހަފްތާގަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން