ޖަލަށް ވައްދާ ތަކެތި ހޯދަން ބޮޑީ ސްކޭނިން މެޝިންތައް ހޯދުމުގެ މަސައްކަތް ފަށައިފައިވާ ކަަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ފޯނާއި މަސްތުވާތަކެއްޗާއި އެހެނިގެން މަނާ ތަކެތި ޖަލަށް ވެއްދުމަކީ އާންމުކޮށް ހިނގާ ކަމެކެވެ. އަދި އެކަން ނުހުއްޓުވޭތީ އާންމުންގެ ފާޑުކިއުން ސަރުކާރަށް ވަރަށް ބޮޑަށް އޮވެއެވެ.

ރޭ ވީޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި އެކަމާ ގުޅޭ ގޮތުން މިނިސްޓަރު އިހުސާން ވިދާޅުވީ ޖަލަށް އެއްޗެތި ވެއްދުން ހުއްޓުވުމަށް ޖަލު އޮފިސަރުން އިތުރަށް ހޭލުންތެރިކޮށް ހަރުދަނާކުރުމަށް ތަމްރީން ޕްރޮގްރާމްތައް މިހާރު ފަށައިފައިވާ ކަމަށެވެ.

ހަމަ އެހެންމެ ތަކެތި ވެއްދުމަށް އެހީވެދޭ އޮފިސަރުންނާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެެވެ. އަދި ހުވާކޮށްގެން ތިބޭ އޮފިސަރުންގެ އެފަދަ އަމަލުތައް އެއްގޮތަކަށް ވެސް ބަލައިނުގަނެވޭނެ ކަމަށް ވެސް އިހުސާން ވިދާޅުވިއެވެެ.

"ދެވަނަ ކަމަކީ ޖަލުގެ އިންފްރާސްޓްރަކްޗާ ތެރޭގައި ގާއިމުކުރަން ޖެހޭ ހަރުދަނާ ސެނކިއުރިޓީ މެކޭނިޒަމްތައް. ހާއްސަކޮށް ބޮޑީ ސްކޭން މެޝިންތަކާ އެއްޗެތި ހޯދުމުގެ މަސައްކަތް އެބަ ކުރަން." މިނިސްޓަރު ވިދާޅުވި އެވެ.

އިހުސާން އިތުރަށް ވިދާޅުވީ އެފަދަ މެޝިންތަކުގެ ހާލަތު މިހާރު ހުރި ގޮތުން އެކެހެރި ބައްދަލުވުންތަކަށް އަންނަ މީހުން ވެސް ރަނގަޅަށް ނުބެލޭ ކަމަށެވެ.

އޭގެ އިތުރުން ފަހުގެ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ޖަލުގައި ބޭނުން ކުރަމުންދާ ސެލްތައް އައިޑެންޓިފައިކޮށް ސިގްނަލްތައް ލޮކޭޓް ކުރެވޭނެ މެކޭނިޒަމެއް ވެސް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން