ކުށުގެ ވެއްޓަށް ހުށަހެޅޭ ކުޑަކުދިން ސަލާމަތް ކުރަން ގާނޫނުތައް އިސްލާހުކުރުން ލަސްކަމުން ހޯމް މިނިސްޓަރ އަލީ އިހުސާން ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ޖުވަނައިލް ޖަސްޓިސް ސިޕްޕޯސިއަމް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އިހުސާން ވިދާޅުވީ ރާއްޖެއަކީ ތުއްތުކުދިން ތަކުރާރުކޮށް ކުށަށް ހުށަހެޅި ކުށުގެ ވެށީގައި އެ މީހުންގެ ބޭނުން ނަހަމަ ގޮތުގައި ހިފަމުންދާ މާހައުލެއް އޮތް ގައުމެއް ކަމަށެވެ.

އެގޮތުން ރާއްޖޭގެ ގާނޫނުތަކުން ކުޑަކުދިންނަށް ވަކި ހައްގުތަކެއް ލިބޭތީ އެކަން ނަހަމަ ގޮތުގައި ބޭނުންކުރާ މީހުން ރާއްޖޭގައި އުޅޭ ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.

"ކުށްތަކަށް އަރައިގަންނަ މީހުންނާއި އޮގަނައިޒްޑް ގޭންގެ ކްރައިމް ނުވަތަ ގޭންގް ހަދައިގެން ރާއްޖޭގެ މާހައުލުގައި އޮޕަރޭޓް ކުރަމުން އަންނަ މީހުންނާއި މި މީހުންގެ ޝިކާރައަކަށް މިވަނީ މި ދެންނެވިފަދަ ތުއްތު ކުދިން. އެ ކުދިންނަށް ވަކި ބާވަތްތަކެއްގެ ހައްގުތަކެއް ކަށަވަރުވެފައިވާކަން ޔަގީންވާތީ އެކަން އެކްސްޕްލޮއިޓް ކުރުމަށްޓަކައި މަސައްކަތްތައް ކުރޭ." އިހުސާން ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ ރާއްޖޭގެ ގާނޫނުތަކަކީ އެހާ ބާރު މިނުގައި އެޑަޕްޓްވެގެން އަންނަ ގާނޫނުތަކެއް ނޫން ކަމަށެވެ.

ނަމަވެސް އަވަސްކޮށްގެން ގެންނަން ބޭނުންވާ ގާނުނޫތައް ވަރަށް އަވަހަށް ގެންނަކަން ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

"ނަމަވެސް މިފަދަ ސެންސިޓިވް ކަންކަމުގައި 2019އިން ފެށިގެން އަދި އެއް އިސްލާހު. އެކަމަކު އަޅުގަނޑުމެންގެ ގާނޫނު ތަންފީޒުކުރާ ހުރިހާ މުއައްސަސާތަކުން މި ދައްކަނީ ރެއާ ދުވާލު މި ގާނޫނުތަކުގައި އިސްލާހުކުރަން ޖެހޭ ވާހަކަ. މިކަމަކަށް އިސްކަމެއް ނުދެވޭ." މިނިސްޓަރު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން