މާރޗް 17 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރަން އެދުނު މީހުންގެ މެދުގައި ޕްރައިމަރީ ބާއްވާ ގޮތަށް އެ ޕާޓީގެ ލީޑަރ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ރައީސް މިގޮތަށް ނިންމެވީ މީގެ ކުރިން ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރައްވަން ނަން ހުށަހެޅުއްވި ބައެެއް ބޭފުޅުންނަށް ކުރިމަތި ނުލެވޭގޮތަށް ނިންމުމާފައިވާތީ އެ ޕާޓީގެ މެންބަރުންތަކެއް ޝަކުވާ ކުރުމާއި ގުޅިގެންނެވެ.



ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން ނިންމައި ޓިކެޓަށް އެދުނު ބައެއް ފަރާތްތަކުގެ ތެރެއިން، ޕީއެންސީގެ ޓިކެޓުގައި ވާދަކުރުމުގެ ފުރުސަތު ނުދިނުމަށް އެޕާޓީން ނިންމާފައިވާކަން ބައެއް ފަރާތްތަކަށް ވަނީ އަންގާފައެވެ.

ޕާޓީގެ މުސްތަޝާރު އަބްދުއްރަހީމް ސޮއި ކުރަށްވައި ބައެއް މެންބަރުންނަށް ފޮނުވި މިސިޓީ ތަކާއި ގުޅިގެން ބައެއް މެންބަރުން ވަނީ ޕާޓީގެ އޮފީސްދޮށަށް އެއްވެ ހިތްހަމަ ނުޖެހުން ވެސް ފާޅުކޮށްފައެވެ. ރޭގެ މި އެއްވުމުގައި ކޮންމެވެސް ވަރަކަށް ހަމަނުޖެހުން ވެސް ވަނީ ހިނގާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން