ކުރިއަށް އޮތް މާޗް މަހުގެ 17 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީއަށް މެޖޯރިޓީ ނުލިބިއްޖެނަަމަ ސަރުކާރު ޖަވާބުދާރީ ކުރުވަން ދަތިވާނެ ކަމަށް މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު ޙަލީމް (ދޮންބިލެއް) ވިދާޅުވެއްޖެއެވެ.

ޓީވީ ޕްރޮގްރާމެއްގައި ރޭ ވާހަކަ ދައްކަވަމުން ދޮންބިލެއް މިހެން ވިދާޅުވިނަމަވެސް، ނިިމިދިޔަ އެމްޑީޕީ ސަރުކާރުގެ ވެރިކަމުގައި މަޖިލީހުގެ ފުރިހަމަ މެޖޯރިޓީ އެމްޑީޕީއަށް ލިބިފައިއޮވެ މުޅި ދައުރު ނިމިގެންދިޔައިރު ވެސް މާބޮޑެތި ކުރިއެރުންތަކެއް މަޖިލީހުގެ ތެރެއިން ހޯދިފައި ނުވާކަން ގިނަ ބަޔަކު ފާހަގަ ކުރެއެވެ.

ޕްރޮގާރާމްގައި ވާހަކަދައްކަވަމުން ދޮންބިލެއް ވިދާޅުވީ އެމްޑީޕީއަށްވުރެ ހަރުދަނާ މުއައްސަސާއެއް މިރާއްޖޭގައި ނެތް ކަމަށެވެ. އަދި ރާއްޖެއަށް އައިސްފައިވާ ތަރައްގީގައި އެމްޑީޕީގެ ބޮޑު ދައުރެއް އޮންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން، އެމްޑީޕީ ސަރުކާރުގައި ދިމާވި ކޮވިޑްގެ ވަބާ ކުރިމަތިނުވިނަމަ، މިހާރު އޮތް ވަރަށްވުރެ ބޮޑަށް ރާއްޖެ ކުރިއަރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ދޮންބިލެއް ވިދާޅުވީ ކޮންމެ ޤައުމެއްގައިވެސް މައިގަނޑު ދެ ޕާޓީއެއް އޮންނާނެ ކަމަށާއި އެދެ ޕާޓީއަށް ލިބޭ ގެއްލުމަކީ ގައުމުގެ ރައްޔިތުންނަށްވެސް ލިބޭނެ ގެއްލުމެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ތެރޭގައި ދިމާވި މައްސަލަތަކެއް އެބަހުރި. ނަމަވެސް އަޅުގަނޑުމެންގެ ޕާޓީ ކުޑަވެ އަޅުގަނޑުމެންގެ ޕާޓީ ނިކަމެތިވެގެން ގޮސްފިއްޔާ އެގެއްލުން ލިބޭނީ މުޅި ރާއްޖެއަށް. އެއީ އެމްޑީޕީއަށް ގެއްލުމެއް ލިބުމަކީ މި ރާއްޖޭގެ ރައްޔިތުންނަށް ފައިދާވާނެ ކަމެއް ނޫން. އެއީ ވަރަށް ބޮޑު ގެއްލުމަކަށްވާނެ. ހަމައެގޮތަށް ޕީޕީއެމަށް ވެސް ބޮޑު ގެއްލުމެއްވެއްޖެނަމަ ޕީޕީއެމް ވެސް ނެތިދާ ހިސާބަށް ގޮސްފިނަމަ މި ދިވެހިރާއްޖެއަށް ގެއްލުންވާނެ." ދޮންބިލެއް ވިދާޅުވިއެވެ.

ކަން މިހެން އޮތް ނަމަވެސް، ވެރިކަން ކުރާ ޕާޓީއަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ އިދިކޮޅު ޕާޓީއަށް ސަރުކާރު ޒިންމާދާރުނުކުރެވި، ސަރުކާރު ނުބައި މަގަކުން ހިނގުމުގެ ފުރުޞަތު ހުޅުވިގެންދާނެ ކަމަށް ދޮންބިލެއް ވިދާޅުވިއެވެ.

އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ، މި ސަރުކާރުގެ ވައުދުތަކާއިއެކު ކުރީގެ އެމްޑީޕީ ސަރުކާރުން ވެވަޑައިގަތް ވައުދުތައްވެސް ފުއްދާލެވޭނެ ކަމަށް ދޮންބިލެއް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން