އިންފްލުއެންޒާ ޖެހިގެން އިތުރު ދިވެއްސަކު ނިޔާވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މިބަލީގައި ނިޔާވެފައިވަނީ ދިވެހި އަންހެނެއް ކަމަށެވެ. ރޭގެ ވަގުތެއްގައި އައިޖީއެމްއެޗްގައި ފަރުވާދެމުންދަނިކޮށް ނިޔާވެފައިވާ މީހާއަކީ އުމުރުން 35 އަހަރުގެ އަންހެނެކެވެ.

އިންފްލުއެންޒާ ޖެހިގެން މި މަސް ތެރޭގައި ދިވެހި ފިރިހެނެއްވެސް ވަނީ މަރުވެފައެވެ. އިންފުލުއެންޒާ ޖެހިފައިވާ 2 މީހެއްގެ ހާލުދެރަވެގެން ވެންޓިލޭޓަރުގައި މިހާރުވެސް ފަރުވާ ދެމުން އަންނަކަމަށް އައިޖީއެމްއެޗުން ހާމަކޮށްފައި ވެއެވެ.

މި ބައްޔަކީ ގައިންގަޔަށް ނާރާ ބައްޔަކަށްވިޔަސް، މި ބަލިން ރައްކާތެރިވުމަށް އިންފްލުއެންޒާ ވެކްސިން ޖެހުމަށް އެޗްޕީއޭއިން ވަނީ ޢާންމުންނަށް އިލްތިމާސްކޮށްފައެވެ.

އެޗްޕީއޭއިން ޢާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު މިއަހަރުގެ މިހާތަނަށް 19 މީހަކު އިންފުލުއެންޒާއަށް ޕޮޒިޓިވްވެފައިވާކަން ފާހަގަކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން