މިއަހަރުގެ ފުރަތަމަ ދެހަފްތާގައި ޓެކްސްގެ ގޮތުގައި ދަޢުލަތަށް 275.5 މިލިއަން ރުފިޔާގެ ޢާމްދަނީއެއް ލިބިފައިވާ ކަމަށް މާލީ ވުޒާރާގެ ތަފާސް ހިސާބުން ދައްކައިފިއެވެ.
މާލީ ވުޒާރާއިން ޢާއްމު ކޮށްފައިވާ ދަޢުލަތުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް ރިޕޯޓުން ދައްކާ ގޮތުގައި މިދިޔަ ދެ ހަފްތާގައި ޓެކްސްގެ ގޮތުގައި 275.5 މިލިއަން ރުފިޔާގެ އާމްދަނީއެއް ދަޢުލަތަށް ވަނީ ލިބިފަ އެވެ. އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 114.8 މިލިއަން ރުފިޔާ އެވެ.
އެހެންކަމުން މިއަހަރުގެ ފުރަތަމަ ދެހަފްތާގައި އާމްދަނީގެ ގޮތުގައި ދަޢުލަތަށް ލިބިފައިވަނީ 390.3 މިލިއަން ރުފިޔާއެވެ.
އަހަރުގެ ފުރަތަމަ ދެ ހަފްތާގައި ދަޢުލަތުގެ ހިންގުމުގެ ޚަރަދަށް 524 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. މީގެއިތުރުން ލޯނުތައް ދެއްކުމަށް 312.3 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. މިއާއެކު މިއަހަރުގެ މިހާތަނަށް ދައުލަތުގެ ބަޖެޓުން 836.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
މިއަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 49.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަދި އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 33.5 ބިލިއަން ރުފިޔާ ލިބޭނެކަމަށްވެސް ވަނީ ލަފާކޮށްފަ އެވެ.
އެހެންކަމުން މިއަހަރުގެ ދަޢުލަތުގެ ބަޖެޓުގެ ޑެފިސިޓް 16.3 ބިލިއަނަށް އަރައެވެ.

ކިޔުންތެރިންގެ ހިޔާލު