ނުރައްކާތެރި ކޮވިޑް-19 ވައިރަސް ރާއްޖޭގައި އަދިވެސް ހަލުވިކަމާއި އެކުގައި ފެތުރެމުން އަންނާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް މާބޮޑަށްވެސް ދިވެހިން އަޅަންވެއްޖެ ކަމަށް ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެއެވެ.
ހަފްތާއެއްގެ ތެރޭގައި 249 ދިވެހިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަލިން ރައްކާތެރިވުމަށް ފިޔަވަޅުތައް އަޅަންޖެހޭ ކަމަށެވެ.
"އަސްލުވެސް އަޅުގަނޑުމެން ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންޖެހޭ." މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫން އިސްވެ ހުންނަވައިގެން އުފެއްދި އެމްއާރްއެމް އިން އެކަމުގެ ކަންބޮޑުވުންފާޅުކޮށް ހުސްވި ހަފުތާގައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް-19 އަށް ފައްސިވާ މީހުންގެ ޢަދަދު އިތުރުވަމުން ދާތީ، މިއީ ސަރުކާރުން ދެއްވާފައިވާ ލުއިތަކަށް ބަދަލު ގެނެސް ފިޔަވަޅުތައް ހަރުދަނާ ކުރަންވީ ވަގުތު ކަމަށެވެ. މީގެ ކުރިން މައުމޫން ވަނީ ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ސަރުކާރަށް ގޮވާލައްވާފައެވެ. ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމާއެކު ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަރަށް ބޮޑުތަނުން ވަނީ އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު