ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ ރައްޔިތުންގެ އަޑުއައްސަވައި ރައްޔިތުންގެ ފިކުރާ ވިސްނުމާއި އެއްގޮތަށް ވެރިކަން ކުރައްވާ ވެރިއެއްކަމަށް އެމަނިކުފާނުގެ ނައިބު އަލްޢުސްތާޛް ޙުސައިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ރައްޔިތުންނަށް ފަސޭހަވާގޮތަށް ގިނަ ކަންތައްތަކެއް ފަހިކޮށްދެއްވަމުން ގެންދަވާ ދަނޑިވަޅެއްގައި އެމަނިކުފާނު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޑރ. މުޢިއްޒުގެ މުޅި ސަރުކާރު ބިނާކުރައްވަނީ ރައްޔިތުން އެދޭފަދަ ފުރިހަމަ ހިދުމަތެއް ދެވޭނެ ބައްޓަމަށް ކަމަށެވެ.

އަދި ރައީސް ޑރ. މުޢިއްޒުގެ ސަރުކާރު އަބަދުވެސް އޮންނާނީ ރައްޔިތުންނާއެކު ކަމަށްވެސް ނައިބް ރައީސް ވަނީ ވިދާޅުވެފައެވެ.



ނާއިބުރައީސް މިފަދައިން ވިދާޅުވިއިރު މިހަފްތާގެ ކެބިނެޓް ބައްދަލުވުމުގައި ވަނީ ރައްޔިތުންނަށް ފަސޭހަވާނޭގޮތަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައެވެ. އޭގެ ތެރޭގައި އެންމެ ފާހަގަކޮށްލެވެނީ، ބޭސްފަރުވާއަށް އެމަޖެންސީގައި ރާއްޖޭން ބޭރަށްދާން ފުރާ މީހުންނާއި އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ކަނޑައެޅިފައިވާ ގަޑިތަކެއްގައި ޕާސްޕޯޓުގެ ހިދުމަތް އިމިގްރޭޝަނަށް ގޮސްގެން ވަގުތުން ފޯމު ހުށަހަޅައިގެން ލިބޭގޮތަށް ހަމަޖެއްސުން ހިމެނެއެވެ.

އޭގެ އިތުރުން، އެމަޖެންސީ ހާލަތްތަކުގައި އަތޮޅުތެރެއިން މާލެއަށް ގެންނަންޖެހޭ ބަލިމީހުން ގެނައުމަށް މިހާރު އޮންނަ އުސޫލު އިސްލާހުކުރަން ސަރުކާރުގެ އިދާރާތަކަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެންގެވި އެންގެވުން ވެސް ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން