ފޮޓޯ: ހަފްތާ
ފޮޓޯ: ހަފްތާ
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ ޓިކެޓް ދޭނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ، ޕްރައިމަރީ، ކުރިން ބާއްވަން އިއުލާނުކުރި ތާރީހަށް ބަދަލު ގެނެސްފިއެވެ.

ޑިމޮކްރެޓްސް އިން މިއަދު ބުނެފައިވަނީ މަޖިލިސް އިންތިހާބުގައި ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަކުރާނެ ފަރާތްތައް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގެ ތާރީހުތަކަށް ބަދަލު ގެނައުމަށް ޕާޓީގެ ނެޝަނަލް އެސެމްބްލީން ނިންމާފައިވާ ކަމަށާއި އެގޮތުން، ޕްރައިމަރީ ފެބްރުއަރީ މަހުގެ 17 ގައި ބާއްވަން ކުރިން ނިންމާފައިވީނަމަވެސް، މިހާރު ޕްރައިމަރީ ބާއްވަން ހަމަޖެހިފައިވަނީ ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހު ކަމަށެވެ.

ޑިމޮކްރެޓްސްގެ ޕްރައިމަރީގައި ވާދަކުރާ ފަރާތްތަކަކީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާއާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނުގެ 8 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލާ މީހެއްގެ ކިބައިގައި ހުންނަންޖެހޭކަމަށް ބަޔާންކުރާ އެންމެހާ ޝަރުތުތައް ފުރިހަމަ މެމްބަރަކަށް ވާންޖެހެއެވެ.

އަދި މިމަހުގެ 28 ވަނަ ދުވަހުގެ ކުރިން ޕާޓީގެ ދަފްތަރުގައި ޖެހިފައިވާ މެންބަރަކަށް ވެސް ވާންޖެހެއެވެ. ޕްރައިމަރީގައި ވޯޓު ދެވޭނީ ވެސް 28 ޖަނަވަރީ 2024 އަށް ޕާޓީގެ ދަފްތަރުގައި ތިބި މެންބަރުންނަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން