މާލޭގެ އަތޮޅު ފިހާރަތަކުން ލިބޭ ފައިސާ އެ އަތޮޅު ތަކާއި ހަވާލު ކުރަން ސަރުކާރުން ނިންމަވައިފިއެވެ.

ސަރުކާރުން މިގޮތަށް ނިންމިކަން ހާމަކުރެއްވީ މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމާއި ކައުންސިލަރުން ހުވާކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.

މާލޭ ސިޓީގެ އާ މޭޔަރު އާދަމް އާޒިމާއި ކައުންސިލަރުން ހުވާކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މާލޭގައި ހުންނަ އަތޮޅު ފިހާރަތަކުން ލިބޭ އާމްދަނީ އެ ފިހާރައެއް ނިސްބަތްވާ އަތޮޅަކަށް ލިބޭގޮތަށް މިހާރު ނިންމާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ނިންމާފައި ވާނީ އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތަނުގައި އެ އަތޮޅު ފިހާރަތަކުން ލިބޭ ފައިސާ އެ އަތޮޅުތަކާއި ހަވާލު ކުރަން." ރައީސް މުޢިއްޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


5

محمد

27-Jan-2024

ތީ ކުރިންވެސް ނިމިފައި އޮތްކަމެއް 2023 ވަނައަހަރުވެސް ތިފައިސާ އަތޮޅުތަކަށް ލިބުނު އަދި ބައެއް އަތޮޅުތަކުން އެފަެިސާ ރަށު ކައުންސިލު ތަަކަށް ބަހައިފި.



ޓްރެންޑިން