މާލެއާއި ރަސްމާލެ، އަންޑަރ ވޯޓާ ޓަނަލަކުން ގުޅުވާލުމަށް ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މާލޭ މޭޔަރު އާއި ސިޓީ ކައުންސިލްގެ ބައެއް މެންބަރުން ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެެވެ. ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، ދުނިޔޭގައިވެސް ފުރަތަމަ ފަހަރަށް ގާއިމް ކުރެވޭ އަންޑާ ވޯޓާ ޓާނަލް މާލެ އިން ރަސްމާލެއަށް ގުޅުވާލަން ނިންމާފައިވާ ކަމަށެވެ. އަދި ރަސްމާލެ އަންޑާ ވޯޓާ ޓަނަލުން ގުޅުވާލުމަށްޓަކައި ފަންނީ އިނޮވޭޓިވް މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ވިދާޅުވީ، 'އަންޑަވޯޓާ ޓަނަލް' ހަދާނީ އޭގެ އެތެރެއިން ރޭލުގައި ދަތުރުކުރާއިރު ކަނޑުއަޑީގެ ރީތި މަންޒަރުތައް ފެންނަ ގޮތަށް ހަދާފައިވާ ޓަނަލްއަކަށް ކަމަށެވެ. އެ މަސައްކަތް ކުރުމަށްޓަކައި ސަރުކާރުން އެކަމުގެ ގާބިލުކަން ހުރި ކުންފުނިތަކާއެކުގައި މިހާރު ފީޒިބިލިޓީގެ މަސައްކަތް ފަށާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"މިއީ ޓޫރިޒަމްގެ ބޮޑު މަޝްރޫއެއް. މިއީ ރާއްޖެއަަށް ޓޫރިސްޓުން އިތުރުވާނެ މަޝްރޫއެއް،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ސަރުކާރުން ކުރާ މަސައްކަތްތަކުގެ ދަށުން މާލެ ސަރަހައްދުގައި މީހުން ދިރިއުޅޭނީ، ގުޅިފައިވާ ރަށްތަކުގައި ކަމަށެވެ. އަދި މާލޭ ސަރަހައްދުގެ އިތުރުން، ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ވެސް ބުރިޖުތައް އަޅާނެ ކަމުގެ ޔަގީން ކަން އެމަނިކުފާނު މިރޭ ވަނީ ރައްޔިތުންނަށް ދެއްވާފައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން