އައްޑޫ ސިޓީގައި ބްރިޖް އަޅައި އެކަން ރައްޔިތުންނަށް އަމަލީ ގޮތުން ދައްކަވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މާލޭ ސިޓީގެ މޭޔަރު ހުވާ ކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އައްޑޫ ސިޓީ ހިތަދޫއާއި ހުޅުމީދޫއާއި ދެމެދު އެމަނިކުފާނުގެ ސަރުކާރުން ބްރިޖު އަޅާނީ ހަމައެކަނި އަނގަބަހަކުން ނޫން ކަމަށެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގެ ފަސްއަހަރުގެ ތެރޭގައި އެކަން އަމަލީ ގޮތުން ކުރުމަށްފަހު ރައްޔިތުންނަށް ބްރިޖް ދައްކާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އައްޑޫގައި އަޅާ ބްރިޖުގެ ފީސިބިލިޓީ މަސައްކަތް މިހާރު ފެށިފައިވާ ކަމަށެވެ. އެގޮތުން މާ ލަސްތަކެއް ނުވެ ކޮންޓްރެކްޓަރަކާ ހަވާލުކުރެވޭ މިންވަރަށް ހުރިހާ ތަފްސީލެއް ނިންމާނެ ކަމުގެ ޔަގީން ކަން ރައީސް ވަނީ ދެއްވާފައެވެ.

"އެ ބްރިޖުގެ މަސައްކަތް އިރާދަކުރެވިއްޔާ އަޅުގަނޑުމެން މި ދައުރުގެ ތެރޭގައި ނިންމާނަން." ރައީސް މުޢިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ރާއްޖޭގެ އެހެން ރަށްތަކުގައި ވެސް އެޅުމަށް ހަމަޖެހިފައިވާ ބްރިޖުތަކާއި ކޯޒްވޭތައް ވެސް މި ސަރުކާރުން އަޅާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން