ވިލިމާލޭގައި 500 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ފަށަން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަ ކުރައްވައިފި އެވެ.

މާލޭގެ މޭޔަރު ކަމަށް ހޮވިވަޑައިގަތް އާދަމް އާޒިމް ހުވާ ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ ވިލިމާލޭގައި ކުރަންހުރި ގިނަ ކަންތައްތައްވެސް އެބަހުރި ކަމަށެވެ.

އެގޮތުން ވިލިމާލެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ގެދޮރުވެރިކަމުގެ މައްސަލަކަން ރައީސް ފާހަގަ ކުރެއްވި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ މޭޔަރުކަމުގައި ވިލިމާލޭގައި 500 ހައުސިންގ ޔުނިޓް ޤާއިމުކުރުމުގެ މަސައްކަތްވެސް، ހުއްދަ ނުދިނުމުން އޮތީ ނުފެށިފައި ކަމަށެވެ.

"މިހާރު އެވަނީ ފެށޭގޮތަށް ހަމަޖެހިފައި. އެ މަސައްކަތްވެސް، އިރާދަކުރެއްވިއްޔާ ފެށިގެންދާނެ." މުއިއްޒު ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ އެޕްރީލް މަސް ހިސާބުގައި، ސިނަމާލެ ސަރަޙައްދުގައި، މިހާރު ހުރި ފަސް އިމާރާތުގެ ހުރިހާ ފްލެޓްތަކަށް ބޭނުންވާވަރުގެ އާ އިމާރާތެއް އެޅުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ.

"އެ އިމާރާތް އަޅައި ނިމުނީމާ، މި ފަސް އިމާރާތުގެ ރައްޔިތުންނަށް އެއަށްވުރެ ފުރިހަމަ، އެއަށްވުރެ ޖާގަ ބޮޑު ފްލެޓްތަކެއް އެ ތަނުން ލިބިގެންދާނެ. ލިބިގެން ދިޔައިމާ، ބާވެފައި ހުރި މި ދެންނެވި 5 އިމާރާތް ތަޅައިލެވި، އެތަންތާނގައި އާ އިމާރާތް އެޅިގެންދާނެ. އެ މަޝްރޫޢު އިރާދަކުރެއްވިއްޔާ ފެށިގެންދާނެ." ރައީސް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން