އެންމެ ބޮޑު އިސްކަމެއް ދޭނީ ލޯތްބާއި އޯގާތެރި މުޖުތަމައެއް ބިނާކުރަން ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

ރޭ ބޭއްވި މޭޔަރުކަމުގެ ހުވާކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ މާލޭގެ މޭޔަރުކަމުގައި ހުންނަވައިގެން މަސައްކަތް ކުރަށްވަން ބޭނުންވަނީ ސަރުކާރާއި ދައުލަތުގެ ހުރިހާ މުއައްސަސާތަކުގެ އިހުތިސޯސުތަކުން ދެވެން ހުރި އެއްބާރުލުމާއި އެހީތެރިކަން ދެއްވައިގެން ކަމަށެވެ. އަދި މިއީ ލާމަރުކަޒީ ގާނޫނު ދަންނަ ހަމަތަކާއި އުސޫލުތައް ކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

ހަމަ އެހެންމެ ރައްޔިތުންގެ ލާބައަށް ސަރުކާރުން ހިންގާ ކަންކަމަށް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވި އެވެ.

އާޒިމް ވަނީ މާލޭގެ ރައްޔިތުންނަށް ހުޅުމާލެއާއި ގުޅިފަޅު އަދި ތިލަފަޅުން ގޯތި ދިނުން އަވަސްކޮށް މާލޭގައި ދިރިއުޅޭތާ ގިނަ ދުވަސްވީ މީހުންނަށާއި މާލޭ ދަފުތަރު މީހުންނަށް އުތުރު ތިލަފަޅުން ގޯތި ދޭން ވެސް ގޮވާލައްވައިފަ އެވެ.

ކަންކަން ރަނގަޅުކޮށް އާރާސްތުކުރެވޭނީ ވެސް ރަނގަޅު ބިންގަލެއްގެ މަތީގައި ކަން ވެސް އާޒިމް ފާހަގަ ކުރެއްވި އެވެ. އަދި މޭޔަރުކަމުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ލޯތްބާއި އޯގާތެރިކަމުގެ މުޖުތަމައެއް ބިނާކުރަން ކަމަށް ވިދާޅުވި އެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން