ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ބަލަހައްޓަމުންދާ 19 މީހަކު އެމީހުންގެ އާއިލާތަކާއި ހަވާލުކުރަން ހަމަޖެހިއްޖެ އެވެ.

މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން ބުނީ ކޮންމެ މީހަކީވެސް އުފާވެރި އަބުރުވެރި ރީތި ދިރިއުޅުމެއް ޢާއިލާއާއިއެކު އުޅުމުގެ ހައްޤު ލިބިގެންވާ މީހެއް ކަމަށެވެ. އެހެން ކަމުން، މި 19 މީހުން އެމީހުންގެ އާއިލާތަކާއި ހަވާލުކުރުމަށްފަހުވެސް އެފަރާތްތަކުގެ މަސްލަހަތު ގޯސް ނުވާނެހެން މިނިސްޓްރީން އަމަލު ކުރަމުންދާނެ ކަމަށެވެ.



އެގޮތުން، އާއިލާތަކަށް ތަމްރީން ޕްރޮގްރާމްތައް ރާވައި، އެފަރާތްތައް ސެންސިޓައިޒް (ޙާލަތަށް ހޭނުވުން) ކޮށްގެން އާއިލާތައް ހޭލުންތެރިކުރުވާނެ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

އެއާއެކު، އާއިލާތަކުން ގުރައިދޫ މަރުކަޒުގައި ތިބި ފަރާތްތަކާއި ހަވާލުވުމަށް އުޒުރުވެރިވާ ސަބަބުތައް ދެނެގަނެ، ނަފްސާނީ ބަލިމަޑުކަމާއި ގުޅޭ ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ވެސް ކުރިއަށްގެންދާނެ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

މިހާރުވެސް ސަރުކާރުން ދަނީ އިސްރަށްވެހިންނަށް ޚާއްސަ މަރުކަޒުތައް ގާއިމުކޮށް އިސްރަށްވެހިންގެ ބޭސްފަރުވާގެ ނިޒާމު އިތުރަށް ފުރިހަމަ ކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން، މިފަދަ މަރުކަޒެއް އަންނަ މަހުގައި މާލޭގައި ގާއިމުކުރާނެ ކަމަށް ސަރުކާރުން ހާމަކޮށްފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން