މާލޭގެ މޭޔަރުގެ މަގާމާ ރޭ ހަވާލުވެވަޑައިގަތް އާދަމާ އާޒިމަށް އެއްބާރުލުން ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އޮތީ އަންގަވައިފައި ކަމަށް މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވެއްޖެ އެވެ.

އިންތިޚާބީ މޭޔަރު ހުވައިކުރެއްވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ނަރީޝް ވިދާޅުވީ އާ މޭޔަރު، އާޒިމަށް އެއްބާރުލުން ދިނުމަށް ރައީސް މުއިއްޒު ނަސޭހަތާއި އިރުޝާދު ދެއްވާފައިވާތީ އެކަމާ މެދު އާޒިމް ކަންބޮޑުވެ ވަޑައިގަންނަވަން ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ރައީސް މުއިއްޒުއަކީ ވިދާޅުވި ގޮތަށް ލާމަރުކަޒީ ގާނޫނު ތަންފީޒުކުރައްވާ ބޭފުޅެއް ކަމަށެވެ. އަދި އެކަން އަމަލާއި ބަހުން ވެސް ދައްކަވާފައިވާ ކަމަށް ވެސް ނަރީޝް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ބަރާބަރަށް އިރުޝާދު ދެއްވާނެ އެގޮތަށް. ކައުންސިލްގެ ސްޓާފުންނާއި ކައުންސިލްގެ އިދާރީ ހިންގުން ހަރުދަނާ ކުރުމަށްޓަކައި ތިބި އިސް މުވައްޒަފުންނާއި ކައުންސިލަރުންނަށް ޑރ، މުއިއްޒުގެ އިރުޝާދާއި ލަފާ ބަރާބަރަށް ލިބެމުން ދިޔަ. ލިބެމުން ދޭ." އޭނާ ވިދާޅުވި އެެވެ.

ރޭގެ ރަސްމިއްޔާތުަގައި އާޒިމްވެސް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ލާބައަާއި މަންފާ ލިބޭ އެއްވެސް ކަމެއްގެ ހުރަހަކަށް ނުވާނެ ކަމަށާއި އަދި އެފަދަ ކަންކަމުގައި ސަރުކާރަށް ދޭން ޖެހޭ އެއްބާރުލުން ދެއްވާނެ ކަަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން