މާލެއަށް ދިމާވެފައިވާ ޕާކިންގެ މައްސަލަ ހައްލުކުރުމަށް ޕާކިން ބިލްޑިން އެޅުމުގެ މަސައްަކަތް އަންނަ އޭޕްރީލް މަހު ފަށާނެ ކަމަށް ރައީސް ޑރ، މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މާލޭގެ މޭޔަރު ކަަމަށް އިންތިހާބުވެވަޑައިގެންނެވި އާދަމް އާޒިމް ހުވާކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވަނީ މާލޭގެ މަގުތަކަށް ދިމާވެފައިވާ މައްސަލަތަކަށް އަލި އަޅުވާލައްވައިފަ އެވެ.

އެގޮތުން މަގު ހެދުމުގެ މަސައްކަތް ވަރަށް ބޮޑަށް އިސްކަންދީގެން ކުރިއަށް ގެންދާނެ ކަމަށާއި އަދި އެއާއެކު ފެންބޮޑުވުމުގެ މައްސަލައާއި، ޑީވޯޓަރިންގގެ މައްސަލަވެސް އިރާދަކުރެއްވިއްޔާ ހަމަޖެހިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި އެކަމަށް، ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް ޔަޤީންކުރައްވާ ކަމަށާއި ކައުންސިލްގެ ފުރިހަމަ އެއްބާރުލުމާ އެކީގައި، މާލޭގެ މަގު ހެދުމުގެ މަސައްކަތަކީ، ވަރަށް އަވަހަށް ފެށިގެންދާނެ ކަމެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ މަގުތަކާ ދެން ގުޅިފައި އޮތީ، ޕާކިންއާއި ވެހިކަލްތަކުގެ މައްސަލަ ކަމަށެވެ. އަދި އެމަނިކުފާނުގެ މޭޔަރުކަމުގައި މާލޭގެ ޕާކިންގެ މައްސަލަ ޙައްލުކުރަން 6 ސަރަޙައްދެއްގައި، ޕާކިންގ ބިލްޑިން އަޅަން މަސައްކަތް ކުރެއްވި ނަމަވެސް އޭރުގެ ސަރުކާރާ ހެދި އެކަން ނުވީ ކަމަށެވެ.

"މިހާރު އިރާދަކުރެއްވިއްޔާ ކުރިއަށްދާ ގޮތަށް އެވަނީ ހަމަޖެހިފައި. އަޅުގަނޑުމެން އުންމީދު ކުރަނީ، މާލަސްތަކެއްނުވެ، އެޕްރީލް މަސް ހިސާބުގައި، ޢަމަލީގޮތުން، ފިޒިކަލީ، މި އިމާރާތްތައް މާލޭގައި އަޅަން ފެށޭނެއޭ. އެހިސާބަށް ވަނީ ގޮސްފައި." ރައީސް ވިދާޅުވި އެވެ،


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން