ކަނޑުގެ ސާވޭ ހެދުމަށް ބޭނުންކުރާ ޗައިނާގެ ބޯޓެއް ރާއްޖެއަށް ދަތުރުކުރަމުންދާ ކަމަށް ބުނެ އިންޑިއާގެ މީޑިއާތަކުން މަސްލަހަތު ގެއްލޭފަދަ ދޮގު ވާހަކަތައް ފަތުރަން ފަށައިފިއެވެ.

ޗައިނާގެ ސާވޭ އުޅަނދު "ޝިއަންގް ޔަންގް ހޮންގް 3" ސްރީ ލަންކާ ކަނޑުގެ ސަރަހައްދުން ރާއްޖެއަށް ދަތުރުކުރަމުން އަންނަ ކަމަށް އިންޑިއާގެ ދިފާއީ ވުޒާރާއިން ވެސް ވަނީ ބުނެފައެވެ. އެއާއެކު، އިންޑިއާގެ ލަނޑުގެ ސިފައިން ދަނީ މި ބޯޓުގެ ހަރަކާތްތައް ވަރަށް ގާތުން ބަލަމުން ކަމަށް ރޮއިޓާސް އިން ވެސް ބުނެފައި ވެއެވެ.

އިންޑިއާގެ މީޑިއާތަކުން ބުނާ ގޮތުގައި އެގަމުގެ ފިއްތުންތަކާއި އެކު ލަންކާއިން ވަނީ އެ އުޅަނދު އެގައުމުގެ ކަނޑުގެ ސަރަހައްދުގައި ބަނދަރުކުރުމަށް ދެކޮޅު ހަދާފައެވެ. ލަންކާއިން އެގޮތަށް އަމަލުކުރީ 2022 ވަނަ އަހަރުގައި އިންޑިއާއާއިއެކު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ.

މި އުޅަނދުތަކަކީ އަސްކަރީ ބޯޓުތަކެއް ނޫނެވެ. ނަމަވެސް ޗައިނާއިން ކުރަމުންދާ ދިރާސާތައް އަސްކަރީ ގޮތުން ބޭނުންކޮށްފާނެތީ އިންޑިއާއާއި ޗައިނާއާއި ދެކޮޅު އެހެން ބައެއް ގައުމުތަކުން އެކަމާއި ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ.

އޯޕަން ސޯސް އިންޓެލިޖެންސް ދިރާސާކުރާ ޑެމިއަން ސައިމަން މީސް މީޑިއާގައި ބުނީ ޝިއަންގް ޔަންގް ހޮންގް 03“އިންޑިއަން އޯޝަން ރީޖަނަށް ވަންނަނީ، ރާއްޖެއަށް މިސްރާބުކޮށް، އިންޑިއަން އޯޝަން ސަރަހައްދުގައި އޯޝަން ސާވޭ އޮޕަރޭޝަނެއް ހިންގުމުގެ ބޭނުމުގައި" ކަމަށެވެ.

ދިވެހި ސަރުކާރާއި އިންޑިޔާގެ ފޮރިން މިނިސްޓްރީ އަދި ޗައިނާގެ ޑިފެންސް މިނިސްޓްރީން މިކަމާއި ގުޅޭގޮތުން ބަހެއް ހޯދަން މަސައްކަތްކުރުމުން ކޮމެންޓް ކޮށްފައި ނުވާ ކަމަށް ރޮއިޓާސްއިން ރިޕޯޓްކޮށްފައި ވެއެވެ.

އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކުރަނީ މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅާ ގުޅިގެން ހިނގަމުންދާ ކަމެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން