ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ހެނދުނު 9:00 އިން ހަވީރު 5:00 އަށް ބާއްވަން އިންތިހާބާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނަށް ލަފާދޭ ގައުމީ ކޮމިޓީން މިއަދު ހުށަހަޅައިފިއެވެ.

މިއަހަރުގެ މަޖިލީސް އިންތިޚާބު ބާއްވަން ކަނޑައަޅާފައިވަނީ އަންނަ މާޗް މަހުގެ 17 ގައެވެ. އެއީ ރޯދަ މަހުގެ ދެ ވަނަ ހަފުތާގެ ދުވަހެއް ކަމުން ލަފާދޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ކޮމިޓީގެ މެންބަރުންނަށް ފެންނަ ވަގުތެއް ހުށަހަޅަން އެދިފައެވެ.

އެއާއެކު، ބައްދަލުވުމުގައި ބައިވެރިވި ހުރިހާ ސިޔާސީ ޕާޓީތަކުންނާއި މުއައްސަސާތަކުން ވަނީ ވޯޓުލުން ބާއްވަން ފެންނަނީ އެ ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 5:00 އަށް ކަމަށް އިއްތިފާގުވެފައެވެ.

މި ފަހަރުގެ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ބާއްވަނީ ރަސްމީ ދުވަހެއްގައި ކަމަށް ވާތީ، އެ ދުވަސް ބަންދު ކޮށްދިނުމަށް އީސީން ސަރުކާރުގައި ވަނީ އެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން