ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީގެ 600 އަށްވުރެ ގިނަ މުވައްޒަފުން މާލޭ ސިޓީ ކައުންސިލަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް އެ ކައުންސިލުން ބުނެފި އެވެ.

މާލޭ ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލު ވިދާޅުވީ މުވައްޒަފުން ބަދަލުކުރަން އިދާރީ ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭނެ ކަމަށާއި މަސައްކަތް ކުރަމުންދަނީ މަހެއްހާ ދުވަސް ތެރޭގައި އެ މުވައްޒަފުން މާލޭ ސިޓީ ކައުންސިލަށް ބަދަލުކޮށް ނިންމަން ކަމަށެވެ.

ނަމަވެސް ބައެއް މުވައްޒަފުން ބަދަލުވާން ބޭނުންނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މާލޭ ސިޓީ ކައުންސިލަށް ބަދަލުކުރަން ނިންމާފައި ވަނީ ބޮޑަށް މުނިސިޕަލް މަސައްކަތްތައް ކުރާ މުވައްޒަފުން ނެވެ.

މީގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރުކަމުގައި ހުންނެވި އިރު ވެސް އެޗްޑީސީން ދެމުން އައި މުނިސިޕަލް ހިދުމަތް މާލޭ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރަން މަސައްކަތް ކުރެއްވިއެވެ. ނަމަވެސް އޭރުގެ ސަރުކާރުގެ އެއްބާރުލުން

ނުކިބިގެން އެކަން ހަގީގަތަކަށް އޮތީ ނުވެފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ މުވައްޒިފުން ބަދަލުކުރު ނަމަވެސް ބަދަލުވާ އެއްވެސް މުވައްޒަފަކަށް ލިބެމުން އައި މުސާރައާއި އިނާޔަތްތައް ކުޑަނުވާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން