މާލޭގައި ދުއްވޭނެ ވެހިކަލްތަކުގެ އަދަދު ހަ މަސް ތެރޭގައި ކަނޑައަޅަން ނިންމާފައިވާ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

މޭޔަރުކަމާ ހަވާލުވެވަޑައިގެން ފުރަތަމަ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުމުގައި މޭޔަރު މިއަދު ވިދާޅުވީ މާލޭގެ މަގުތަކުގައި ދުއްވޭނެ ވެހިކަލްތަކުގެ އަދަދު ކަނޑައަޅަން ޖެހޭ ކަމަށެވެ.

އަދި އެ މައްސަލައިގައި ޓްރާންސްޕޯޓް މިނިސްޓްރީއާ ގުޅިގެން އެ އަދަދު ކަނޑައެޅުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް މޭޔަރު ވިދާޅުވި އެވެ.

"ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެޜޭގައި އަދަދު ކަނޑައަޅާނެ. ޓްރާންސްޕޯޓް މިނިސްޓަރާ ވެސް އަޅުގަނޑު ވާޙަކަ ދައްކާފަ އޮންނާނީ އަޅުގަނޑާއެކު މަސައްކަތް ކޮށްދޭން. މިނިސްޓަރު ވިދާޅުވި އަޅުގަނޑާއެކު މި މަސައްކަތް ކޮށްދެއްވާނެ ކަމަށް." އާޒިމް ވިދާޅުވި އެވެ.

އާޒިމް އިތުރަށް ވިދާޅުވީ ގަރާޖު ސިޓީގެ މައްސަލަވެސް އޮތީ ވަރަށް ގޯސްކޮށް ކަމަށެވެ. އެހެންވެ އެކަމަށް ވެސް ރަނގަޅު ހައްލެއް ގެންނަން ބޭނުންވާ ކަމަށް އާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑަށް އެބަ މައުލޫމާތު ލިބޭ އެކަންކަން އެންމެ ރަނގަޅަށް ނުދާ ކަމަށް، ސިޓީ ކައުންސިލް ތެރެއިން ވެސް. އަޅުގަނޑަކީ އުސޫލުތަކާ ގަވައިދަށް ވަރަށް ބޮޑަށް ހިފަހައްޓާނެ މީހަކަށް ވާތީވެ ގަރާޖު ކަންތައްތަކުގައި، އެކަން ހިނގާފައި ހުރި ގޮތްތައް ބަލާ އިތުރަށް މީޑިއާއަށް ބްރީފްކޮށްދޭނަން." އާޒިމް ވިދާޅުވި އެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން