ޕީއެންސީގެ މުސްތަޝާރު އަބްދުއްރަހީމް، އަދުރޭއާއެކު ޕްރައިމަރީއަކާއި ނުލައި ޕީޕީއެމް، ޕީއެންސީގެ 13 ކެންޑިޑޭޓަކަށް މަޖިލީސް އިންތިޚާބުގައި ވާދަކުރުމަށް ޓިކެޓް ކަށަވަރުވެއްޖެއެވެ.

މި 13 ބޭފުޅުންގެ ތެރޭގައި ރައީސްގެ ކޮއްކޯފުޅު ފާތިމަތު ސައުދާއާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ހިމެނިވަޑައިގަންނަވެއެވެ.

ވެރިކަން ކުރާ ޕީއެންސީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގައެވެ.

ޓިކެޓު ކަށަވަރުވި 13 ބޭފުޅުންނަކީ؛

- ހޯރަފުށީ ދާއިރާ: އަލީ މޫސާ، ހުޅުމާލެ ފްލެޓު

- ބާރަށު ދާއިރާ: އިބްރާހިމް ޝުޖާއު، ސައުދީ މަންޒިލް/ ހއ. ބާރަށް (މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ މިހާރުގެ މެމްބަރު)

- ހަނިމާދޫ ދާއިރާ: އިދުރީސް އަބްދުﷲ، އިރުދޯދި/ ހދ. ހަނިމާދޫ

- އޭދަފުށި ދާއިރާގެ މިހާރުގެ މެންބަރު: އަހުމަދު ސަލީމް، ހ. ފަށަން/ މާލެ

- މަހިބަދޫ ދާއިރާގެ މިހާރުގެ މެންބަރު އަހުމަދު ތޯރިގް، ކަންމަތީގެ/ އދ. މަހިބަދޫ

- ނިލަންދޫ ދާއިރާ: ފާތިމަތު ސައުދާ، ފިގް/މާލެ

- ތިމަރަފުށީ ދާއިރާ: އަހުމަދު ސަނާހު، ނިޝާން/ ތ. ތިމަރަފުށި

- ފޮނަދޫ ދާއިރާ: އަބްދުއްރަހީމް އަބްދުﷲ، އަރާއިރު/ލ.ފޮނަދޫ

- ހިތަދޫ މެދު ދާއިރާ: އަހުމަދު އަޒާން މަރުޒޫގް، ހެޕީ ހާޓް/ ސ. ހިތަދޫ

- ހުޅުދޫ ދާއިރާ: މުހައްމަދު ޝާހިދު، މޭވާގަސްދޮށުގެ/ ސ.ހުޅުދޫ

- ގަލޮޅު ދެކުނު ދާއިރާ: އިބްރާހިމް މުހައްމަދު، ގ. ގްރީންބީންސް

- ހެންވޭރު ހުޅަނގު ދާއިރާ: އަލީ އިބްރާހިމް، ހ. މަދޮށިމާގެ

- ހުޅުމާލެ މެދު ދާއިރާ: އަބްދުﷲ ޝަޒީމް، ހުޅުމާލެ ފްލެޓު

މާޗް 17 ގައި އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށް ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރަން ގިނަ އަދަދެއްގެ މެންބަރުން ވަނީ ފޯމް ހުށަހަޅާފައެވެ. އެހެން ނަމަވެސް، އޭގެ ތެރެއިން ބައެއް މެންބަރުންނަށް ޕްރައިމަރީގައި ވާދަކުރުމުގެ ފުރުޞަތު ގެއްލުވާލުމުން ވަރަށް ގިނަ ބަޔަކު ވަނީ އެކަމާއި ނުރުހުން ފާޅުކޮށްފައެވެ.

އެންމެ ފަހުން ޕާޓީގެ ލީޑަރ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޕްރައިމަރީއަށް ކުރިމަތިލާ އެންމެންނަށްވެސް ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ދޭ ގޮތަށް ކަނޑައަޅުއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން