20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ތާރީހު ބަދަލުކުރުމަށް ޕީޕީއެމުން ތާއީދު ކުރާ ކަމަށް ބުނެފިއެވެ.

ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޕީޕީއެމްގެ ނައިބު ރައީސް އަދި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ، މާޗް 17 ގައި ބާއްވަން ނިންމި މަޖިލީހުގެ އިންތިޚާބު އެހެން ދުވަހަކަށް ބަދަލުކުރުމުގެ ފުރުޞަތު އަދިވެސް އެބައޮތް ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުން މާޗް 17 ގައި އިންތިޚާބު ބާއްވަން ނިންމިއިރު ރާއްޖޭގެ އެއްވެސް ސިޔާސީ ޕާޓީއަކުން އެކަަމަށް އެއްބަސްވެފައިނުވާ ކަމަށް ޝިޔާމު ވިދާޅުވިއެވެ.

ޝިޔާމް މިފަދައިން ވިދާޅުވެފައިވާއިރު އެމްޑީޕީން ވަނީ އިންތިޚާބު ރޯދަ މަހުގެ ފަހުން ބޭއްވުމަށް އީސީގައި އެދިފައެވެ.

މިހާރު ކުރިއަށްދާ 19 ވަނަ މަޖިލީހުގެ މެންބަރުންގެ ދައުރު މިއަހަރުގެ މެއި 28 ގައި ހަމަވާނެއެވެ. ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގައި މަޖިލީހުގެ ދައުރު ހަމަވުމުގެ 120 ދުވަސް ކުރިން އިންތިޚާބު ބޭއްވުމުގެ މަސައްކަތް ފަށަން ޖެހޭނެއެވެ. އެ ސަބަބާއި ގުޅުވައި އިލެކްޝަންސް ކޮމިޝަނުން ބުނީ އިންތިހާބު ރޯދަ މަހުގެ ފަހަށް ބަދަލު ކުރަންވެއްޖެ ނަމަ ޤާނޫނަށް ބަދަލު ގެންނަން ޖެހޭނެ ކަމަށެވެ.

ޝިޔާމް ވިދާޅުވީ ރައްޔިތުން މި ތާރީޚާއި ދޭތެރޭ އެހާ ބޮޑަށް ކަންބޮޑުވާނަމަ މަޖިލީހުން ދައުރުން ބޭރުން ޖަލްސާއެއް ބާއްވައިގެން ތާރީހު ބަދަލުކުރަން ޕީޕީއެމުން ތާއީދުކުރާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން