ޔޫރަޕްގެ ގައުމުތަކަށް ދިވެހިންނަށް ފަސޭހައިން ދަތުރުކުރެވޭނެ ގޮތްތަކެއް ހޯދުމާއި ގުޅޭގޮތުން ފްރާންސުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރާއި ސަރުކާރުން މަޝްވަރާ ކުރަށްވައިފިއެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ކުރިއަށް ގެންދިޔަ މި މަޝްވަރާތަކުގައި ސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ފޮރިން މިނިސްޓަރ މޫސާ ޒަމީރެވެ.

މި ބައްދަލުވުމާއި ގުޅޭގޮތުން ފޮރިން މިނިސްޓްރީން ތަފުސީލު ހާމަ ކުރައްވަމުން ބުނީ، މި ބައްދަލުވުމުގައި ދިވެހިންނަށް ފަސޭހައިން ޔޫރަޕަށް ދެވޭނެ އިންތިޒާމްތައް ހަމަޖެއްސުމާއި ގުޅޭގޮތުން ވާހަކަ ދައްކަވާ މަޝްވަރާ ކުރައްވާފައިވާ ކަމަށާއި އަދި ވިޔަފާރީގެ ދާއިރާއިން ކުރި މަޝްވަރާތަކުގައި ރާއްޖޭގެ މަސް ޔޫރަޕަށް އެތެރެކުރުމުގައި ނަގާ ޑިއުޓީ ކުޑަކުރުމާއި ގުޅޭގޮތުންވެސް ވާހަކަ ދައްކަވާފައިވާ ކަމަށް ޚާރިޖިއްޔާއިން ބުނެއެވެ.

އަދި އިޤްތިޞާދީ ތަރައްޤީ، މޫސުމަށް އަންނަ ބަދަލުތަކާއި ސަލާމަތީ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ދާއިރާއިން ވެސް މަޝްވަރާ ކުރެއްވިކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން ބައިނަލްއަޤްވާމީ މައިދާނުގައި ގުޅިގެން މަސައްކަތްކުރުންފަދަ މުހިއްމު ކަންކަމާއި ގުޅޭގޮތުންވެސް ދެބޭފުޅުން މަޝްވަރާ ކުރައްވާފައިވާ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން