ރާއްޖޭގައި ކަނޑު އަޑީގެ ޓަނަލެއް އެޅުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގެ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

އަކްރަމް މިހެން ވިދާޅުވީ، ރަސްމާލެ އާއި މާލެ ކަނޑު އަޑީގެ ޓަނަލަކުން ގުޅާލަން ނިއްމިކަން ސަރުކާރުން އިއުލާން ކުރުމާއި ގުޅިގެންނެވެ. ރާއްޖެޓީވީގެ ޕްރޮގުރާމެއްގައި ރޭ ވާހަކަ ދައްކަވަމުން އަކްރަމް ކަމާލުއްދީން ވިދާޅުވީ ކަނޑު އަޑީގެ އަންޑަ ވޯޓާ ޓަނަލަކުން ރަސްމާލެ އާއި މާލެ ގުޅާލާނެ ކަމަށް ބުނެ ސަރުކާރުން ވާހަކަ ދައްކަނީ ރައްޔިތުންނަށް އޮޅުވާލަން ކަމަށެވެ. އަދި ރާއްޖޭގައި ކަނޑު އަޑީގެ ޓަނަލެއް ނޭޅޭނޭކަން ރައީސް މުޢިއްޒަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރާއްޖޭގައި ކަނޑު އަޑީގެ ޓަނަލެއް އެޅުމަށް ގާތްގަނޑަކަށް 20 ބިލިއަން ޑޮލަރު ހަރަދުވާނެ ކަމަށެވެ. އަދި އެ ފަދަ ޕްރޮޖެކްޓެއް ހިންގުމަށް އެފަދަ ބޮޑު ލޯނެއް ހަމަޖައްސާނީ ކިހިނެތްތޯ އަކްރަމް ވަނީ ސުވާލު ކުރައްވާފައެވެ.

"މިއުޅެނީ އާދައިގެ ކަންކަމަށް ފައިސާ ހަމަނުޖެހިގެން، ދެން ކިހިނެއްތޯ އެތަނަށް އިންވެސްޓްކުރާނީ ކާކުތޯ؟ އެއީ ވާނެވަރުގެ ކަމެއް ނޫން." އަކްރަމް ވިދާޅުވިއެވެ.

ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެފައިވަނީ ފުށިދިއްގަރު ފަޅު ހިއްކައިގެން ހަދާ ރަސްމާލެ، މާލެ ސިޓީއާ ގުޅުވާނީ ދުނިޔޭގެ ފުރަތަމަ، ކަނޑުއަޑީގެ ޓަނަލުން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، 'އަންޑަވޯޓާ ޓަނަލް' ހަދާނީ އޭގެ އެތެރެއިން ރޭލުގައި ދަތުރުކުރާއިރު ކަނޑުއަޑީގެ ރީތި މަންޒަރުތައް ފެންނަ ގޮތަށް ކަމަށެވެ.

"އެ މަސައްކަތް ކުރުމަށް ޓަކައި އަޅުގަނޑުމެން އެކަމުގެ ގާބިލުކަން ހުރި ކުންފުނިތަކާއެކުގައި މިހާރު ވަނީ ފީޒިބިލިޓީ މަސައްކަތް ފަށާފައި. މިއީ ޓޫރިޒަމްގެ ބޮޑު މަޝްރޫއެއް. މިއީ ރާއްޖެއަަށް ޓޫރިސްޓުން އިތުރުވާނެ މަޝްރޫއެއް،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


5

ޙަސަނު

27-Jan-2024

ދުނިޔޭގަ ފުރަތަމަ ފަހަރަށް ޓަނަލެއްހަދަނީޔޯ...



ޓްރެންޑިން